މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދީ، މާލެއަކީ ދިރިއުޅެން ފަސޭހަ ފަހި ތަނަކަށް ހެދުމަށްޓަކައި މާލެ ސިޓީ ބަދަލުކޮށްދޭނެ ކަމަށް އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ކެމްޕެއިންގެ ތެރެއިން އެމްޑީޕީގެ މާލޭ މެނިފެސްޓޯ އިފްތިތާހު ކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ މާލެ ބަދަލު ނުކުރެވޭނެ ކަމަށް ބުނާ ވާހަކަ ގަބޫލުނުކުރައްވާ ކަމަށާއި، އިހުލާސްތެރިކަމާއެކު އަމާޒެއް ހިފައިފިނަމަ ނުކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބޭނުންވަނީ ފަހި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދޭން. ހުރިހާ މަސައްކަތެއް ހައްލުކޮށްދީފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާލެ ބަދަލުކުރާނަން،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އޭނާގެ މިސްރާބު ހުރީ، ދެމެހެއްޓެނިވި ގޮތުގައި މާލެ ތަރައްގީކޮށް، ފަހި ސިޓީއަކަށް ހެދުމަށް ކަމަށެވެ. އާޒިމް ވިދާޅުވީ، ވިޔަފާރިތަކަށް ތަނަވަސް، ފަހި މާހައުލަކަށް ސިޓީއަކަށް މާލެ ހައްދަވާނެ ކަމަށެވެ.
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެޕްރީލް މަހު ބާއްވާ އިންތިހާބުގައި އެމްޑީޕީގެ މެޖޯރިޓީ ކައުންސިލެއް އިންތިހާބުވެއްޖެނަމަ، ސިނަމާލެ ފްލެޓުތައް އަލުން އެޅުމުގެ ފުރަތަމަ ބިންގާ ބާއްވާނީ އެމްޑީޕީން ކަމަށެވެ. އަދި މިކަން ކުރާނެ ގޮތް އެނގޭ ކަމަށާއި، މިކަން ކުރާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
ސިނަމާލެ ފްލެޓުތަކުގެ ކުލިން އެއްލައްކަ ރުފިޔާ އުނިކޮށްދޭނެ ކަމަށް ސަރުކާރުން ބުނާ ވާހަކައަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ، އެއީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެއްޗެއް ނޫން ކަމަށާއި، އެއީ ސިޓީ ކައުންސިލަށް ލިބެން އޮތް ފައިސާއެއް ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުން ކަމަށްވެސް އާޒިމް ސިފަކުރެއްވިއެވެ.
މާލޭގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މާލެ 15 ސަރަހައްދަކަށް ބަހާލައިގެން ޕޮކެޓް ޕާކިންގް ހިމެނޭހެން ޕާކިންގްގެ މައްސަލަތައް ހައްލުކުރާނެ ކަމަށެވެ. އަދި އިގްތިޞާދީ ގޮތުން 'ރިވޯލްވިންގް ފަންޑެއް' އުފައްދައިގެން ކައުންސިލަށް ލިބޭ އާމްދަނީ އިސްރާފު ނުކޮށް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މިދިޔަ ދެ އަހަރު ތެރޭގައި އެންމެ 5 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރި މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.
އާޒިމް ވިދާޅުވީ، މާލެއަށް ބަދަލު ގެނައުމަކީ މިހާރުގެ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އެމްޑީޕީގެ ފިކުރުން ކުރެވޭނެ ކަމެއް ކަމަށެވެ. އެހެންކަމުން، މާލޭގެ މައްސަލަތައް ހައްލުކުރުމަށް އެމްޑީޕީގެ މެޖޯރިޓީ ކައުންސިލެއް ހޮވައިދިނުމަށް އޭނާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު