އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނަށް ދިން ޢުދުވާނީ ހަމަލާއަށް ފަހު، ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތި އުނދަގޫތަކުގެ ތެދު މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ސަރުކާރަށް ގޮވާލައްވައިފިއެވެ.
މިރޭ އާޓިފިޝަލް ބީޗުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ހަނގުރާމަ އާއި ގުޅިގެން ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ ސަރުކާރުގެ ބޮލުގައި އެޅިފައި އޮތް ވަރަށް ބޮޑު ޒިންމާ އެއް ކަމަށާއި މިވަގުތު މުހިންމީ ހަޤީޤީ ތެދު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.ސަރުކާރުން ތެލުގެ ރިޒާވްއާ ގޮތުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޞާލިޙް ވިދާޅުވީ، ރާއްޖެއަށް ކޮންމެ ދެ ހަފުތާއަކުން ތެޔޮ އުފުލާ ބޯޓެއް އަތުނުވެއްޖެ ނަމަ، އެސްޓީއޯގެ ސްޓޯރޭޖް 10 ދުވަހާއި 15 ދުވަހަށް ދަށްވާނެ ކަމަށެވެ. ރާއްޖެއަށް ކޮންމެ ދުވަހަކު 1.1 ބިލިއަނާއި 2 ބިލިއަން ލީޓަރާ ދެމެދުގެ ތެޔޮ ބޭނުންވާކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.
"ދާދި ފަހުން އެ މަނިކުފާނުގެ (ރައީސް މުޢިއްޒުގެ) ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ، ތެލާ ބެހޭ ގޮތުން ހާސްވާނެ ކަމެއް ނެތޭ. ތިމަންނަމެން އަތުގައި އެއް މަސް ދުވަހުގެ ސްޓޯރޭޖް މާލޭގައި ހުންނާނެއޭ. އެހެންނަމަވެސް، މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް، އުނދަގޫތައް ރައްޔިތުންނަށް ހާމަކޮށްދޭން އެބަޖެހޭ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަތުވެދާނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ، މިހާރު ތެޔޮ ފީފާއެއްގެ އަގު 92 ޑޮލަރާއި 95 ޑޮލަރާ ދެމެދުގައި ހުރި ނަމަވެސް، އެ އަދަދު 150 ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. ކޮވިޑް-19 ގެ ދުވަސްވަރުވެސް މިފަދަ ދަތިތަކާ ކުރިމަތިވި ނަމަވެސް، އޭރު ރޭވުންތެރިކަމާއެކު އެކަމަށް ހައްލު ހޯއްދެވި ކަމަށާއި، ނަމަވެސް މިހާރުގެ ސަރުކާރުން އެފަދަ މަސައްކަތްތަކެއް ކުރާތަން ނުފެންނާތީ ކަންބޮޑުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ރައީސް ސާލިޙް އަލިއަޅުއްވާލެއްވިއެވެ.
"އަޅުގަނޑު އެދެނީ މި ހަނގުރާމަ ވީހާ ވެސް އަވަހަށް ހުއްޓުން. އެހެންނަމަވެސް އަދި އޭގެ ކުލަމައްޗެއް ނުފެނޭ. ޓޫރިސްޓުން އަދި އަތުވެދާނެ، އެހެންނަމަވެސް ޓިކެޓު އަގުބޮޑުވާނެ. ފްރެއިޓް އަގުބޮޑުވާނެ. ނަތީޖާއަކަށް ވާނީ މުދާ ވެސް އަގު ބޮޑުވުން." ރައީސް ސާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވަނީ ހަގީގަތް އޮޅުވާލައި ދޮގު ހަދައިގެން ރައްޔިތުން ބޭތިއްބުމުގެ ބަދަލުގައި، ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ކަންކަން ސިއްރުކުރުމުން ފަހުން ކުރިމަތިވާނެ ދަތިތައް މާ ބޮޑުވާނެ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު