ކައިވެނީގެ މުއްދަތުގައި އަމިއްލަ ގޯތި އިމާރާތްކުރުމަށް އަނބިމީހާ ކުރި ޚަރަދުގެ ގޮތުގައި، އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ކުރީގެ ފިރިމީހާގެ އަތުން ނަގައިދިނުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
ރާއްޖޭގެ އުތުރުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މި މައްސަލައަކީ، ދެމަފިރިންގެ ގޮތުގައި އުޅުނުއިރު ލިބުނު ގޯތި ހެދުމަށް އަނބިމީހާ ކުރި ޚަރަދުތަކާއި، އެ ގޯތިން ބައެއް ހޯދުމަށް އެދި ކުރީގެ ފިރިމީހާއާ ދެކޮޅަށް އަންހެންމީހާ ހުށަހެޅި މައްސަލައެކެވެ. މި ދައުވާގައި އަންހެންމީހާ އެދިފައިވަނީ އޭނާ އިމާރާތަށް ޚަރަދުކުރި 1،026،440 (އެއް މިލިއަން ސައްބީސް ހާސް ހަތަރުސަތޭކަ ސާޅީސް) ރުފިޔާ އަނބުރާ ހޯދުމަށާއި، ގޯތިން ބައެއް މިލްކުކޮށްދިނުމަށެވެ.
މީގެ ތިން އަހަރު ކުރިން ހުށަހެޅި މި މައްސަލައިގައި، ދައުވާ ލިބޭ ކުރީގެ ފިރިމީހާގެ ފަރާތުން ކޯޓަށް ހާޒިރުވެ ޖަވާބުދާރީވެފައި ނުވާތީ، މައްސަލަ ނިންމާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ.
ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، އަންހެންމީހާ ޚަރަދުކުރި ކަމަށް ބުނާ 1،026،440 ރުފިޔާ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އޭނާއަށް ދައްކައި ޚަލާސްކުރުމަށެވެ. ނަމަވެސް، ގޯތިން ބައެއް ހޯދުމަށް އަންހެންމީހާ އެދިފައިވާ އެދުމާމެދު ކޯޓުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އުތުރުގެ ބޮޑު ރަށެއްގައި ހިނގި މި މައްސަލަ ނިންމަވާފައިވަނީ އެ ރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓެވެ.

ކިޔުންތެރިންގެ ހިޔާލު