މާލޭގައި ހުންނަ ވެމްކޯގެ ސައިޓެއްގެ ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 22 ވީ އާދިއްތަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ފެބްރުއަރީ 23 ވީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވުމުގެ ސަބަބުން، އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އެ މީހާއަށް އަނިޔާވީ ކިހިނެއްްތޯ ބެލުމަށް ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު