އައްޑޫ ސިޓީގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު އާންމުކޮށް އިލްތިމާސްކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، ޖެނުއަރީ މަހު އެކަނިވެސް އައްޑޫ ސިޓީން 51 ޑެންގީ ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި މި ފެބްރުއަރީ މަހުގެ މިހާތަނަށް 48 ކޭސް ފެނިފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ. އައްޑޫ ސިޓީގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނައިން ބަލި ފެންނަނީ ހިތަދޫ އަދި ފޭދޫއިން ކަމަށްވެސް އެޗްޕީއޭއިން ފާހަގަކުރެއެވެ.
ޑެންގީ އަކީ މަދިރީގެ ޒަރީއާއިން ފެތުރޭ، ނުރައްކާތެރި ހާލަތްތަކުގައި ފުރާނައަށް ގެއްލުންވެދާނެ ބައްޔެކެވެ. މި ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުން، ބޮލުގައި ރިހުން، ހުޅުތަކާއި މައިދާ މަސްތަކުގައި ރިހުން، މޭނުބައިކުރުން، ހޮޑުލެވުން އަދި ހަށިގަނޑުގައި ފިތްގަނޑު ނެގުން ހިމެނެއެވެ.
މިބަލިން ރައްކާތެރިވުމަށްޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، ހަށިގަނޑު ނިވާވާފަދަ ހެދުން އެޅުމަށާއި، މަދިރި ލޯޝަން ބޭނުންކުރުމަށް ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފައެވެ. އަދި ހެނދުނާއި ހަވީރު މަދިރި ގިނަވާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ބަލިޖެހިގެން ހުން އަންނަ ނަމަ ގިނައިން ދިޔާ އެއްޗެހި ބުއިމަށާއި، އަރާމުކުރުމަށާއި، ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ.
އަދި ތިން ދުވަހަށްވުރެ ގިނަ ދުވަސްވަންދެން ހުން ހުންނަނަމަ ޑޮކްޓަރަށް ދެއްކުމަށާއި، ކުޑަކަމުދާ މިންވަރު މަދުވުން، މާބޮޑަށް ވަރުބަލިވުން ނުވަތަ ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އަންނަ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

— Addu Equatorial Hospital (@aeh_mv) February 24, 2026
ބަލިޖެހިގެން ހުން އަންނަ ނަމަ ގިނައިން ދިޔާ އެއްޗެހި ބުއިމަށާއި، އަރާމުކުރުމަށާއި، ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ.
އަދި ތިން ދުވަހަށްވުރެ ގިނަ ދުވަސްވަންދެން ހުން ހުންނަނަމަ ޑޮކްޓަރަށް ދެއްކުމަށާއި، ކުޑަކަމުދާ މިންވަރު މަދުވުން، މާބޮޑަށް ވަރުބަލިވުން ނުވަތަ ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އަންނަ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު