މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި އަހަރުގެ ރަމަޟާން މަހަށް ކަނޑައެޅި އޯވަރޓައިމް އުސޫލަށް މުވައްޒަފުންގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، އެ އުސޫލު އިސްލާހުކޮށް ލުއިތަކެއް ދީފިއެވެ.

މި މަހުގެ ކުރީކޮޅު އެމްއޭސީއެލް އިން ނެރުނު ސާކިއުލާގައި ބުނެފައިވަނީ، އޯވަރޓައިމް ފައިސާ ލިބޭނީ ރަސްމީ ޑިއުޓީ ގަޑީގެ ބޭރުން 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުމުން ކަމަށެވެ. ނަމަވެސް، ރަމަޟާން މަހަކީ މަސައްކަތު ގަޑިތައް މަދު މަހަކަށް ވެފައި، އޯވަރޓައިމް ލިބޭ މިންގަނޑު މާ މަތިވުމުން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މުވައްޒަފުންގެ މި ޝަކުވާތައް ބޮޑުވެ، މީސްމީޑިއާގައި އެކުންފުނި ހޫނުފެނަށް ވެއްޓުމާ ގުޅިގެން، އެ ކުންފުނިން އިއްޔެ ވަނީ އައު ސާކިއުލާއެއް ނެރެ އިތުރުގަޑީގެ އުސޫލަށް ބަދަލު ގެނެސްފައެވެ. އެގޮތުން އަލަށް ގެނައި ބަދަލާއެކު މިހާރު ޑިއުޓީ ގަޑީގެ އިތުރުން ފަސް ގަޑިއިރަށްވުރެ ގިނައިން މަސައްކަތްކުރާ ކޮންމެ ވަގުތަކަށް އޯވަރޓައިމް ފައިސާ ލިބޭނެއެވެ. މީގެ އިތުރުން، އެމްއޭސީއެލްގެ ސާކިއުލާގައި ބުނެފައިވަނީ ޝިފްޓް ޑިއުޓީގައި މަސައްކަތް ނުކުރާ މުވައްޒަފުންނަށް ރަމަޟާން މަހުގެ ފަހު 10 އެއްގައި ޗުއްޓީ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އިތުރުގަޑީގެ މައްސަލާގައި އެމްއޭސީއެލް ހޫނުފެނަށް ވެއްޓިފައިވާއިރު، އެ ކުންފުނީގެ ކޭޝްފްލޯ ދަށްވެ، ބޭރުގެ ބޭންކަކުން ލޯނެއް ނެގުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި ދާދިފަހުން "ޕެނިންސުއުލާ އިންފްރާސްޓްރަކްޗާ" ނަމުގައި ވަނީ އެމްއޭސީއެލް އިން ވަނީ ކުންފުންޏެއް އުފައްދާފައެވެ. އެއީ ބިންހިއްކުމުގެ މަސައްކަތް ކުރަން އުފެއްދި ކުންފުންޏެކެވެ.

އެގޮތުން ރަސްމާލެ ހިއްކުމާއި، ހުޅުމާލެ ފޭސް 3 ހިއްކުމާއި، ކުދި ރަށްރަށުގައި އެއާޕޯޓު އެޅުމާއި، ބައެއް ރަށްރަށުގައި ޖިމް ހެދުން ފަދަ، ޕްރޮޖެކްޓުތަކަށް އެ ކުންފުނިން ދަނީ ހަރަދުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު