މޯލްޑިވްސް ބްލަޑް ސާވިސަސް (ތެލަސީމިއާ ސެންޓަރު) ހުޅުވިފަހުން ވޭތުވެދިޔަ 31 އަހަރުގެ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް، ރަސްމީކޮށް ހުކުރު ދުވަހު އެ ސެންޓަރު ހުޅުވައި ލޭ އެޅުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތެލަސީމިއާ ކުދިންނަށް ދޭ ޚިދުމަތްތައް ފުޅާކޮށް، ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މި ތާރީޚީ ބަދަލު ގެނެސް ޚިދުމަތް ދޭން ފަށާފައިވަނީ 20 ފެބްރުއަރީ 2026 ވީ ހުކުރު ދުވަހުއެވެ.
ތެލަސީމިއާ ސެންޓަރު އެންމެ ފުރަތަމަ ހުޅުވާފައިވަނީ 29 ޑިސެމްބަރ 1994 ގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވޭތުވެދިޔަ 31 އަހަރުގެ ތެރޭގައި އެއްވެސް ހުކުރު ދުވަހަކު އެ ސެންޓަރުން ރަސްމީކޮށް ޚިދުމަތެއް ދީފައެއް ނުވެއެވެ. ނަމަވެސް، މި ފެށުނު އާ އުސޫލާއެކު ކޮންމެ ހުކުރު ދުވަހަކުވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތް ދެމުންދާނެއެވެ.
އެގޮތުން މި ޚިދުމަތް ފެށި ފުރަތަމަ ހުކުރު ދުވަހު (20 ފެބްރުއަރީ 2026) އެކަނިވެސް ޖުމްލަ 14 ޓްރާންސްފިއުޝަން ހަދާފައިވާއިރު، 5 ފަރާތަކުން ވަނީ ލޭ ހަދިޔާކޮށްފައި ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ރަމަޟާން މަސް ނިމުމުންވެސް، ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިތަކެއްގައި ލޭ އެޅުމުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.
މި ބަދަލުގެ ސަބަބުން، ހަފްތާ ބަންދާ ދިމާކޮށް އަތޮޅުތަކުން މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އާންމުކޮށް މަސައްކަތްތަކުގައި އުޅޭ ލޭ ހަދިޔާކުރާ ފަރާތްތަކަށްވެސް، ބަންދު ދުވަހެއްގައި ލޭ ހަދިޔާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މިއީ ތެލަސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. މި ސަރުކާރުން ވަނީ އެމްބީއެސްގެ ހިދުމަތްތަކާއި ތެލެސީމިއާ ސެންޓަރު ހުޅުމާލޭ "އޮރެންޖު ހިޔާ" އަށް ބަދަލުކޮށްފައެވެ.
މި ސެންޓަރު ޤާއިމުކޮށްފައިވަނީ އޮރެންޖް ހިޔާގެ 4 ވަނަ ފަންގިފިލާގައެވެ. މި ސެންޓަރުގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ އަދި ލޭ އެޅުމަށް ދާ ބަލިމީހުންނަށް ޚާއްސަ 12 އެނދުގެ ޖެނެރަލް ވާޑެއް ގާއިމް ކޮށްފައިވެއެވެ. އަދި ތުއްތު ކުދިންނަށް ޚާއްސަ 6 އެނދުގެ ވާޑަކާއި، އަންހެނުންނަށް ޚާއްސަ 7 އެނދުގެ ވާޑެއްވެސް މި ސެންޓަރުގައި ގާއިމް ކޮށްފައި ވެއެވެ.
މި ސެންޓަރުގެ ލެބޯރަޓަރީގައި ލޭ ނެގުމަށް ޚާއްސަ ދެ ފްލެބޮޓޮމީ ސްޓޭޝަން ގާއިމް ކޮށްފައި ވެއެވެ. މީގެ އިތުރުން ޑޯނަރ ސްކްރީނިންގ އަދި ބްލަޑް ކަލެކްޝަން ރޫމެއްވެސް މި ސެންޓަރުގައި ގާއިމް ކޮށްފައި ވެއެވެ. މީގެ އިތުރުން ތެލެސީމިއާ ސްކްރީނިންގ އަދި ތެލެސީމިއާ ކާޑު ދޫކުރުމުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެއެވެ.

1994 ވަނަ އަހަރު ޑިސެމްބަރ 29 ވަނަ ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން، ފާއިތުވި 31 އަހަރުގެ ދިގު ތާރީޚުގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައި ޚިދުމަތް ދީފައިނުވޭ.
— Dr Mohamed Muizzu (@MMuizzu) February 22, 2026
ނަމަވެސް، 20 ފެބްރުވަރީ 2026 ވީ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައިވެސް…
މި ބަދަލުގެ ސަބަބުން، ހަފްތާ ބަންދާ ދިމާކޮށް އަތޮޅުތަކުން މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އާންމުކޮށް މަސައްކަތްތަކުގައި އުޅޭ ލޭ ހަދިޔާކުރާ ފަރާތްތަކަށްވެސް، ބަންދު ދުވަހެއްގައި ލޭ ހަދިޔާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މިއީ ތެލަސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. މި ސަރުކާރުން ވަނީ އެމްބީއެސްގެ ހިދުމަތްތަކާއި ތެލެސީމިއާ ސެންޓަރު ހުޅުމާލޭ "އޮރެންޖު ހިޔާ" އަށް ބަދަލުކޮށްފައެވެ.
މި ސެންޓަރު ޤާއިމުކޮށްފައިވަނީ އޮރެންޖް ހިޔާގެ 4 ވަނަ ފަންގިފިލާގައެވެ. މި ސެންޓަރުގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ އަދި ލޭ އެޅުމަށް ދާ ބަލިމީހުންނަށް ޚާއްސަ 12 އެނދުގެ ޖެނެރަލް ވާޑެއް ގާއިމް ކޮށްފައިވެއެވެ. އަދި ތުއްތު ކުދިންނަށް ޚާއްސަ 6 އެނދުގެ ވާޑަކާއި، އަންހެނުންނަށް ޚާއްސަ 7 އެނދުގެ ވާޑެއްވެސް މި ސެންޓަރުގައި ގާއިމް ކޮށްފައި ވެއެވެ.
މި ސެންޓަރުގެ ލެބޯރަޓަރީގައި ލޭ ނެގުމަށް ޚާއްސަ ދެ ފްލެބޮޓޮމީ ސްޓޭޝަން ގާއިމް ކޮށްފައި ވެއެވެ. މީގެ އިތުރުން ޑޯނަރ ސްކްރީނިންގ އަދި ބްލަޑް ކަލެކްޝަން ރޫމެއްވެސް މި ސެންޓަރުގައި ގާއިމް ކޮށްފައި ވެއެވެ. މީގެ އިތުރުން ތެލެސީމިއާ ސްކްރީނިންގ އަދި ތެލެސީމިއާ ކާޑު ދޫކުރުމުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު