އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި އިތުރު ކޮޅިގަނޑެއް ނުވަތަ ލޯ ޕްރެޝަރެއް އުފެދޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފިއެވެ.
މިކަމުގެ ސަބަބުން ކެރެލާ ހިމެނޭހެން އިންޑިއާގެ އެކި ސްޓޭޓްތަކަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މޫސުމީ ރިޕޯޓްތަކުން ދައްކާ ގޮތުގައި، އިކުއެޓޯރިއަލް އިންޑިއަން އޯޝަން އާއި ބޭ އޮފް ބެންގަލްގެ ދެކުނު ސަރަހައްދުގައި މިހާރު ވަނީ އާ އެޓްމޮސްފިއަރިކް ސައިކްލޯނެއް އުފެދިފައެވެ.
މި ކޮޅިގަނޑު ހުޅަނގު-އުތުރު ހުޅަނގަށް ދަތުރުކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި ސްރީލަންކާއާ ދިމާލަށް މިސްރާބު ޖަހާނެ ކަމަށް ބެލެވެއެވެ. މި މޫސުމީ ބަދަލުތަކާއެކު އިންޑިއާގެ ކެރެލާ، ޓެމިލްނާޑޫ، ޕޮންޑިޗެރީ އަދި ލަކްޝަދީޕް ސަރަހައްދުތަކަށް ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން މޫސުމާ ބެހޭ އިދާރާއިން ވަނީ މަސްވެރިންނާއި އާންމުން މި ދުވަސްވަރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު، އިންޑިއާގެ އުތުރުގެ ސްޓޭޓްތައް ކަމަށްވާ ރާޖަސްތާން، ޕަންޖާބު އަދި ހަރިއާނާ ސަރަހައްދުގައި ފިނިވައިގެ ބާރުގަދަވަމުންދާ ކަމަށާއި، މި މަހުގެ 22 އިން ފެށިގެން ހިމާލިޔަން ސަރަހައްދަށް ވެސް މޫސުމީ ބަދަލުތަކެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަމައެއާއެކު މި ދުވަސްވަރު ކަނޑުގަދަވެ ވައިގަދަވާނެ ކަމަށްވެސް ބެލެވޭތީ މޫސުމީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު