ސްރީލަންކާގެ އިރުދެކުނުން ބަންގާޅު ކަނޑުއޮޅީގައި ކޮޅިގަނޑެއް (ލޯ ޕްރެޝަރ އޭރިއާއެއް) އުފެދިފައިވާ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި، މި ކޮޅިގަނޑުގެ ސަބަބުން ގަޑިއަކު 50 އާއި 60 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ. އަދި މި ސަރަހައްދުގެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، މަސްވެރިންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ނިޒާމު އުފެދިފައިވާ ގޮތާއި އޭގެ މިސްރާބު މޫސުމާ ބެހޭ އިދާރާއިން މެދުނުކެނޑި މޮނިޓަރ ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ވަގުތުތަކުގައި ނެރޭ މޫސުމީ ބުލެޓިންތަކަށް ސަމާލުވުމަށް އެ ފަރާތުން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު