ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އެ ބޭންކަށް ޝަރަފުވެރި އެވޯޑެއް އަރުވައިފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް' ހަފުލާގައި ބީއެމްއެލްއަށް މި އެވޯޑު އެރުވީ، ދިވެހި ކުޅުންތެރިންގެ ހުނަރު ތަރައްގީކޮށް، ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށް އެ ބޭންކުން ވެދެމުންދާ އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ބޭންކުގެ ފަރާތުން މި އެވޯޑާ ހަވާލުވެލެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ މުއައްސަސާއެކެވެ. އެގޮތުން، ގައުމީ އެކި ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ކޮންމެ އަހަރަކުވެސް ގައުމީ ފެންވަރުގެ މުބާރާތްތައް ބޭއްވުމަށާއި، ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް އެ ބޭންކުން ދަނީ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ފުޓްބޯޅަ، ފެތުން، ޓެނިސް، ބާސްކެޓްބޯޅަ އަދި ސާފިންގ ފަދަ ކުޅިވަރުތައް ހިމެނޭހެން، އެކި އެސޯސިއޭޝަންތަކާއެކު ގާއިމުކޮށްފައިވާ ދިގު މުއްދަތުގެ ބައިވެރިވުންތައް ފާހަގަކޮށްލެވެއެވެ.
ކުޅިވަރުގެ ދާއިރާއަށް ބޭންކުން ދެމުންދާ ހާއްސަ ސަމާލުކަމުގެ ދަށުން، 2023 ވަނަ އަހަރުން ފެށިގެން 'ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕް' ތައާރަފުކޮށް، މިހާތަނަށް 8 އެތުލީޓަކަށް ރާއްޖޭން ބޭރުން ތަމްރީނު ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން، ބާސްކެޓްބޯޅަ އެރީނާއެއް ގާއިމުކުރުމަށް އެމްބީއޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، 2017 ވަނަ އަހަރުން ފެށިގެން އެ ބޭންކަކީ ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރުވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު