ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ރިޓަޔާ ކުރައްވަން ހުށަހަޅުއްވައިފި އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން، ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމަށް ނިންމަވައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިހާރު ވަނީ ހުށަހަޅުއްވާފައެވެ.
ފުލުހުންގެ އިސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ނަވީން ވިދާޅުވެފައިވަނީ، މަޤާމުން ވަކިވެވަޑައިގަތުމުގެ ވިސްނުންފުޅު ގެންގުޅުއްވާތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ޚިދުމަތުގެ ދައުރު ނިންމާލައި، މުއައްސަސާގެ އިސް މަސްއޫލިއްޔަތުތައް އޮމާންކަމާއެކު ބަދަލުކުރުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް އަޅުގަނޑު ދެކެން،" އިނގިރޭސި ބަހުން ފޮނުއްވި މެސެޖުގައި ނަވީން ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، ފުލުހުންގެ މުއައްސަސާގައި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައިވެސް ނަވީން ވިދާޅުވިއެވެ.
ފުލުހުންގެ ޤާނޫނުގައިވާ ގޮތުން، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ހުސްވެއްޖެނަމަ، އެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރެވެ. މިވަގުތު އެ މަޤާމުގައި ހުންނެވީ ފަރުހާދު ފިކުރީއެވެ.
ނަވީން ރިޓަޔަރ ކުރައްވަން ހުށަހަޅުއްވާފައި މިވަނީ، ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި، އޭނާ ހިމެނޭހެން ފުލުހުންގެ ބައެއް އިސް އޮފިސަރުން ސަސްޕެންޑް ކުރުމަށް ލަފާދީފައިވާ ދަނޑިވަޅެއްގައެވެ. ނަވީން ސީޕީގެ މަގާމަށް އައްޔަންކުރީ ކުރިން އެމަގާމުގައި ހުންނެވި އަލީ ޝުޖާޢު އިސްތިއުފާ ދެއްވައި ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެެ.

ކިޔުންތެރިންގެ ހިޔާލު