ޕާކިސްތާނުން އެންމެ ފަހުގެ ހައިޕަރސޮނިކް އެންޓި-ޝިޕް މިސައިލް "ސްމޭޝް" ދައްކާލައިފިއެވެ.
ސައުދީ އަރަބިއްޔާގެ ރިޔާޒްގައި މިހާރު ކުރިއަށްދާ ވޯލްޑް ޑިފެންސް އެގްޒިބިޝަން 2026 ގައި މި މިސައިލް ދައްކާލާފައިވަނީ ޕާކިސްތާނުގެ ގްލޯބަލް އިންޑަސްޓްރިއަލް އެންޑް ޑިފެންސް ސޮލިއުޝަންސް އިންނެވެ. މިއީ ކަނޑުގެ އަމާޒުތަކަށާއި އެއްގަމުގެ އަމާޒުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ "ޑުއަލް ރޯލް" ހަތިޔާރެކެވެ.
ޕާކިސްތާނުގެ ޕީ-282 ކްލާސްގެ މި ބެލިސްޓިކް މިސައިލަކީ ގާތްގަނޑަކަށް 350 ކިލޯމީޓަރުގެ ދުރުމިނަށް ހަމަލާދިނުމުގެ ގާބިލުކަން ހުރި އެއްޗެކެވެ. މި މިސައިލްގެ ޚާއްސަ ސިފައަކީ އަމާޒަށް ދަތުރުކުރާއިރު މިސައިލްގެ މިސްރާބު ބަދަލުކޮށްލުމުގެ ގާބިލުކަން ލިބިފައިވުމާއި، ވަރަށް ބާރުމިނުގައި އަމާޒަށް ވާޓިކަލްކޮށް (ސީދާ މައްޗަށް) ހަމަލާދިނުމެވެ. މީގެ ސަބަބުން ދުޝްމަނުންގެ އެއަރ ޑިފެންސް ނިޒާމުތަކަށް މި މިސައިލް ދިފާއުކުރުމަށް ލިބޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
މި މިސައިލް އެންމެ ފުރަތަމަ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނު ކަނޑުގެ ސިފައިންގެ "ޒުލްފިގާރު" އަދި "ތުގްރިލް" ކްލާސްގެ ފްރިގޭޓްތަކުގައެވެ. މީގެ އިތުރުން އެއްގަމުގައި ގެންގުޅޭ މޯބައިލް ޕްލެޓްފޯމްތަކުންވެސް މި މިސައިލް ފޮނުވާލެވޭނެއެވެ. މި އާ ހަތިޔާރާއެކު ޕާކިސްތާނުގެ އަސްކަރީ ބާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.
މި އާ މިސައިލް ދައްކާލުމުގެ އިތުރުން، ޕާކިސްތާނުން ވަނީ ޖައްވީ ދާއިރާއިންވެސް ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ޕާކިސްތާނުގެ އަމިއްލަ ފަސްގަނޑުން ހަތް ސެޓެލައިޓެއް ޖައްވަށް އުދުއްސާލާފައިވާއިރު، މީގެ ތެރޭގައި "އީއޯ-2" ޖާސޫސީ ސެޓެލައިޓް ހިމެނެއެވެ. ޗައިނާގެ އެހީތެރިކަމާއެކު ޕާކިސްތާނުން ހޯދަމުންދާ މި އަސްކަރީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކަކީ އަވަށްޓެރި އިންޑިއާއިން ނުހަނު ކަންބޮޑުވާނެ ކަންތައްތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު