މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ބާއްވާ ކުޅިވަރު އެވޯޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ރައްދު ދެއްވައިފިއެވެ.
އުމައިރު ނޮމިނޭޓްވެފައި ވަނީ "އަހަރުގެ ޒުވާން ކުޅުންތެރިޔާ" ފިރިހެން ކެޓަގަރީ އަށެވެ. އޭނާ މި އެވޯޑަށް ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް (ޓީޓީ) އެސޯސިއޭޝަނުންނެވެ. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ ބޭފުޅަކު މިފަދަ ގައުމީ ފެންވަރުގެ ކުޅިވަރު އެވޯޑަކަށް ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔައި، އެއީ ސިޔާސީ ނުފޫޒުން ލިބުނު ފުރުސަތެއް ކަމަށް ތުހުމަތުކޮށްފައެވެ.
ނަމަވެސް، އެމްޑީޕީ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަދި މިހާރު ޖަޕާނުގެ ސަފީރުގެ މަގާމުގައި ހުންނެވި އަހުމަދު މަހުލޫފް ވަނީ އުމައިރުގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި މަހުލޫފް ވިދާޅުވީ، އުމައިރަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް ޓީޓީ ކުޅުންތެރިޔާ ކަމަށެވެ. އަދި އޭނާއަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ރަން ވަނަތަކެއް ހޯދާފައިވާ ކުޅުންތެރިއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން މަޙްލޫފް ވިދާޅުވީ އުމައިރަކީ އެމްޑީޕީގެ ވެރިކަމުގައި ހުނަރުވެރި އެތުލީޓުން ބިނާކުރުމަށް ހިންގި "އަރުތަ" ޕްރޮގްރާމްގައި ވެސް ހިމެނުނު ކުޅުންތެރިއެއް ކަމަށެވެ. އަދި 2024 ވަނަ އަހަރު އުމައިރު ހޯދާފައިވާ ކާމިޔާބީތަކަކީ އޭނާގެ އަމިއްލަ ހުނަރާއި ބުރަ މަސައްކަތުން ހޯދާފައިވާ ކާމިޔާބީތަކެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"އުމައިރު އެ އެވޯޑަށް ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވީތީއެއް ނޫން. އެއީ އެންމެ ކުޑައިރުއްސުރެ އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ. ހަގީގަތް ނުބަލާ ކުދިންގެ މިފަދަ މަސައްކަތްތައް ސިޔާސީކުރުން ހުއްޓާލަންޖެހޭ." މަހުލޫފް ވިދާޅުވި އެވެ.
އުމައިރާ އެކު ދެން އަހަރުގެ ޒުވާން ކުޅުންތެރިޔާގެ ފިރިހެން ކެޓަގަރީގެ އެވޯޑަށް ޓީޓީ އެސޯސިއޭޝަނުން ނޮމިނޭޓްކޮށްފައިވަނީ ޒީކް ހަސަން ލަތީފެވެ.
އޭގެ އިތުރުން، ބޯޑީބިލްޑިން އެސޯސިއޭޝަން (ބީބީ)ގެ ފަރާތުން އިޔަން އަހުމަދު އާއި، މުހައްމަދު އަޒާން އަހްމަދު އެވޯޑަށް ނޮމިނޭޓް ކޮށްފައިވާއިރު، ސްވިމިން އެސޯސިއޭޝަން (އެސްއޭއެމް)އިން މުހައްމަދު ރިހާން ޝިހާމް ނޮމިނޭޓްވެފައިވެއެވެ.
ސްޕޯޓްސް މިނިސްޓްރީން އެވޯޑް ހަފުލާ މި ބާއްވަނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. އާންމު އުސޫލުން ނަމަ 2024 ގެ ސްޕޯޓްސް އެވޯޑް ހަފުލާ މިދިޔަ އަހަރު ބާއްވަން ޖެހެއެވެ. އެކަމަކު މިދިޔަ އަހަރު އެ ހަފުލާ ބާއްވާފައެއް ނުވެއެވެ. ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، 2025 ގެ އެވޯޑް ހަފުލާ ވެސް މި އަހަރު ފަހުކޮޅު ބާއްވާނެ ކަމަށެވެ.
ސްޕޯޓްސް އެވޯޑް އެންމެ ފަހުން ބޭއްވީ އޮކްޓޯބަރު 2024 އެވެ. އެއީ 2023 ގެ އެވޯޑް ހަފުލާއެވެ. އެ އަހަރު ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ހޯދީ ޓީޓީ ދެ ތަރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއީލެވެ.

އުމައިރު އަކީ މޮޅު ޓީޓީ ކުޅުންތެރިއެކެވެ. ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ޤައުމީ ފެންވަރުގައި ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.
— Ahmed Mahloof (@AhmedMahloof) February 13, 2026
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީއެއްނޫނެވެ. އެންމެ… pic.twitter.com/CybcEHVlUa
އުމައިރާ އެކު ދެން އަހަރުގެ ޒުވާން ކުޅުންތެރިޔާގެ ފިރިހެން ކެޓަގަރީގެ އެވޯޑަށް ޓީޓީ އެސޯސިއޭޝަނުން ނޮމިނޭޓްކޮށްފައިވަނީ ޒީކް ހަސަން ލަތީފެވެ.
އޭގެ އިތުރުން، ބޯޑީބިލްޑިން އެސޯސިއޭޝަން (ބީބީ)ގެ ފަރާތުން އިޔަން އަހުމަދު އާއި، މުހައްމަދު އަޒާން އަހްމަދު އެވޯޑަށް ނޮމިނޭޓް ކޮށްފައިވާއިރު، ސްވިމިން އެސޯސިއޭޝަން (އެސްއޭއެމް)އިން މުހައްމަދު ރިހާން ޝިހާމް ނޮމިނޭޓްވެފައިވެއެވެ.
ސްޕޯޓްސް މިނިސްޓްރީން އެވޯޑް ހަފުލާ މި ބާއްވަނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. އާންމު އުސޫލުން ނަމަ 2024 ގެ ސްޕޯޓްސް އެވޯޑް ހަފުލާ މިދިޔަ އަހަރު ބާއްވަން ޖެހެއެވެ. އެކަމަކު މިދިޔަ އަހަރު އެ ހަފުލާ ބާއްވާފައެއް ނުވެއެވެ. ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، 2025 ގެ އެވޯޑް ހަފުލާ ވެސް މި އަހަރު ފަހުކޮޅު ބާއްވާނެ ކަމަށެވެ.
ސްޕޯޓްސް އެވޯޑް އެންމެ ފަހުން ބޭއްވީ އޮކްޓޯބަރު 2024 އެވެ. އެއީ 2023 ގެ އެވޯޑް ހަފުލާއެވެ. އެ އަހަރު ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ހޯދީ ޓީޓީ ދެ ތަރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއީލެވެ.
ކިޔުންތެރިންގެ ހިޔާލު