ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ އާންމު އިންތިޚާބު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބު ކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ތާރިގު ރަހުމާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ.
މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ބީއެންޕީން ހޯދި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއަށްޓަކައި އެ ޕާޓީގެ ލީޑަރު ތާރިގު ރަހުމާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި އިންތިޚާބުގެ ނަތީޖާއާއެކު ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސްގެ ޕޯސްޓުގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ބަންގްލަދޭޝްގެ އާ ސަރުކާރާއެކު ގާތުން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަން ވަނީ ހާމަކުރައްވާފައެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ މެދުގައި އޮތް ބައިވެރިވުން އިތުރަށް ފުޅާވެ، ވަރުގަދަވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ބަންގްލަދޭޝްގައި ބޭއްވުނު މި އިންތިޚާބަކީ އެ ގައުމުގެ ސިޔާސީ މަސްރަޙަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު