ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވި ގޮތުގައި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެހެން ބަޔަކު މަސައްކަތް ކުރަންދެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޑުކުރައްވައިގެން ނުހުންނަވައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ވޯޓަށް އެދެމުންދާއިރު، ރައީސް މުއިއްޒު މިހާރުވެސް ގެންދަވަނީ އަމިއްލަފުޅަށް އިސްނަންގަވައިގެން ރައްޔިތުންގެ ކުރިމަތީގައި ސަރުކާރު ޖަވާބުދާރީ ކުރުވަމުން ކަމަށް އާރިފް ފާހަގަކުރެއްވިއެވެ.
މިކަމުގެ މިސާލެއްގެ ގޮތުން އާރިފް ފާހަގަކުރެއްވީ ރައީސް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކެވެ. އެގޮތުން ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ގޮވައިގެން ރަށްރަށަށް ވަޑައިގެން، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައި، "ރައްޔިތުންގެ ދަރުބާރު" ތަކުގައި ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ މަދު ބައެއްގެ ގާތަށް ދިއުމުގެ ބަދަލުގައި މުޅި ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ މަސައްކަތްތައް ހާމަކޮށް، ޒިންމާދާރުވުމަށް ކުރައްވާ މުހިންމު މަސައްކަތެއްގެ ގޮތުގައި އާރިފް ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު