ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި އަލުން ފައިސާ ޗާޕްކުރަން ފަށައިފިނަމަ، އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ކުރީގެ ޓެންޑަރ ބޯޑުގެ ޗެއާމަން އަދި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާޢިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ބޭކާރު ޚަރަދުތައް ބޮޑުވެ، 2026 ވަނަ އަހަރު ދައްކަންޖެހޭ 1.1 ބިލިޔަން ޑޮލަރުގެ ދަރަނި ދެއްކުމަށް ދެކޮޅުޖެހޭ ރޭވުންތެރިކަމެއް މިހާތަނަށް ފެންނާކަށް ނެތް ކަމަށެވެ.އިޤްތިޞާދީ ނާޒުކު ހާލަތަށް އަލިއަޅުއްވާލައްވަމުން ޒަރިޔަންދު ވިދާޅުވީ، ރާއްޖޭގެ ޔޫސަބަލް ރިޒާވްގައި މިވަގުތު ހުރީ އެންމެ މަސްދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރަށްވުރެވެސް މަދު ބޭރު ފައިސާ ކަމަށެވެ. އަދި މި ހިނގާ އަހަރުގެ ދައުލަތުގެ ކޭޝްފްލޯއަށް ބޭނުންވާ 26 ބިލިޔަން ރުފިޔާގެ ތެރެއިން 30 އިންސައްތަ ޗާޕުކުރުން ނޫން ގޮތެއް މިހާރު ފެންނަން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒަރިޔަންދު ވިދާޅުވީ، މި މިންވަރަށް ފައިސާ ޗާޕުކޮށްފިނަމަ ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށެވެ. އަދި ބޭރު ފައިސާ ރައްކާކުރުމުގެ ޤާބިލުކަން ގެއްލެމުން ގޮސް، ކައްކާ ގޭހާއި، ތެލާއި އަދި ބޭސް އިމްޕޯޓު ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އޭގެ އެންމެ ބޮޑު "ކެކުޅުމެއް" ތަހައްމަލު ކުރަންޖެހޭނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަ ކަން ފާހަގަކުރަށްވަމުން ޒަރިޔަންދު ވިދާޅުވީ ވަޒީފާގެ ފުރުސަތުތަކާއި، ބޭސްފަރުވާއާއި އެހެނިހެން އަސާސީ ބޭނުންތަކަށް މަޖުބޫރުވެގެން ރާއްޖޭގެ އާބާދީގެ 51 އިންސައްތަ މީހުން ދިރިއުޅެމުންދަނީ މާލޭގައި ކަމަށްވާއިރު، އިޤްތިޞާދީ ގޮތުން އަންނަ ކޮންމެ ލޮޅުމެއްގެ ސީދާ އަސަރު އެންމެ ފުރަތަމަ ކުރާނީ މި ސިޓީގެ ރައްޔިތުންނަށް ކަމަށެވެ.
ޒަރިޔަންދު މިހެން ވިދާޅުވެފައިވާއިރު ޕެންޝަން އޮފީސް މެދުވެރިކޮށްގެން ސަރުކާރުން 2.4 ބިލިއަން ރުފިޔާ ޗާޕު ކުރަން އުޅޭ ކަމަށް ބުނާ އަޑުތަކެއް ވަނީ ފެތުރިފައެވެ. ޕެންޝަން އޮފީހުން ވަނީ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތެއް ހިންގަން ނިންމާފައެވެ.
ޕެންޝަން އޮފީހުން ބުނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮޕޯޒަލުން ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި އެކަމުން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު