އަޝްވާގް ފައުޒީ   9 ފެބްރުއަރީ 2026 - 15:44
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލަން ފުލުހުން ވަނީ އިޢުލާންކޮށްފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން "ނީލަމުގައި ރަޖިސްޓަރީވާ ފޯމު" ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ފުލުހުންގެ ކަމާބެހޭ އީމެއިލް އެޑްރެސްތަކަށް ފޮނުވަން ޖެހެއެވެ.

މި ނީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، ނީލަން ކިޔުން އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ދޫނިދޫގައެވެ.

ނީލަން ކިޔުމުގެ ކަންތައް ކުރިއަށްދާނީ ހާޒިރުވާ ފަރާތްތަކުގެ ކުރިމަތީގައި އަނގަބަހުން އަގު ހުށަހަޅާ ގޮތަށް ކަމަށާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު