އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ އަހުމަދުއާބާދުގައި ހުންނަ މިސްކިތެއްގެ ފުރާޅުމަތީގައި، ހަތް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 23 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ސިޓީގެ ޖަމާލްޕޫރު ސަރަހައްދުގައި ހުންނަ މަޚްދޫމް ސާހިބް މިސްކިތުގައެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ތުހުމަތު ކުރެވޭ މީހާ އެ ކުއްޖާ މިސްކިތުގެ ފުރާޅުމައްޗަށް ގެންގޮސްފައިވަނީ ނަމާދު ކުރަން ދަސްކޮށްދޭނެ ކަމަށް ބުނެ އޮޅުވާލައިގެންނެވެ.



މި ހާދިސާ އާދީއްތަ ދުވަހު ފުލުހުންނަށް ރިޕޯޓްކުރުމާއެކު، ހަމަ އެދުވަހު ވަނީ ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު