ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ދިވެހި ސަރުކާރުން އެކުލަވާލާފައިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ސީރިއާގެ މިހާރުގެ ވެރިކަންކުރާ ޖަމާއަތް ކަމަށްވާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އުނިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކަނޑައަޅުއްވައިފައިވަނީ، ހަޔާތު ތަހްރީރް އަލް ޝާމަކީ ޓެރަރިސްޓް ޖަމާޢަތެއް ނޫން ކަމަށާއި، އެ ގައުމަކީ ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދެއް ނޫން ކަމަށެވެ.
ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ލަފާގެ މަތިން މި ލިސްޓުތަކަށް ގެނައި ބަދަލުތައް ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ. މިއީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު މުރާޖައާ ކުރަންޖެހޭ ލިސްޓުތަކެކެވެ.
ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް ފަހު، އެޗްޓީއެސް ޖަމާއަތުން އެ ގައުމުގެ ވެރިކަމާ ހަވާލުވީ ޑިސެމްބަރު 2024 ގައެވެ. އަދި ޖެނުއަރީ 2025 ގައި އެ ގައުމަށް އާ ރައީސަކު ވަނީ އައްޔަންކޮށްފައެވެ. ދިވެހިރާއްޖޭން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި 2019 ވަނަ އަހަރުން ފެށިގެން އެޗްޓީއެސް ހިމެނެމުން އައިސްފައިވާއިރު، އެ ގައުމުގެ ވެރިކަން ބަދަލުވި ފަހުން ލިސްޓު މުރާޖައާ ކުރިއިރުވެސް އެ ޖަމާއަތުގެ ނަން ލިސްޓުގައި އޮތެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރާއްޖޭން މި ނިންމުން ނިންމާފައިވަނީ ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް މިހާރު އެޗްޓީއެސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބެލުން ހުއްޓާލައި، އެ ގައުމުގެ ގާނޫނީ ސަރުކާރުގެ ގޮތުގައި ބަލައިގަންނަމުންދާތީއެވެ. މިގޮތުން އެމެރިކާއިން ވެސް މިހާރު ވަނީ އެ ޖަމާއަތް ބަލައިގަނެފައެވެ. އެޗްޓީއެސްގެ ވެރިޔާ އަދި ސީރިއާގެ މިހާރުގެ ރައީސް އަހްމަދު އައްޝަރާއާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވައިޓް ހައުސްގައި ބައްދަލު ކުރައްވައި މަޝްވަރާވެސް ކުރަށްވާފައެވެ.
ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުން ސީރިއާ އުނިވެގެން ދިއުމުން، ދިވެހިންނަށް އެ ގައުމަށް ދަތުރުކުރުމުގެ ހުއްދަ ދެން ލިބިގެންދާނެއެވެ. މީގެ ކުރިން ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތުމުން، ހުއްދަ ނެތި އެ ގައުމަށް ދިއުމަކީ ގާނޫނީ ކުށެކެވެ. އަދި މިބަދަލާއެކު ރާއްޖެ ނާދެވި ސީރިއާގައި މިހާރު ތިބި ދިވެހި ޢާއިލާތަކަށް ރާއްޖެއަށް އައުމުގެ ދޮރު ހުޅުވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު