ނިދާއިރު ކޮޓަރީގައި ކިތަންމެ ފަނޑު އަލިކަމެއް ހުރި ނަމަވެސް، އެކަމުގެ ސަބަބުން ހަކުރު ބަލީގެ ނުރައްކާ ބޮޑުވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
"ޕްރޮސީޑިންގްސް އޮފް ދަ ނޭޝަނަލް އެކަޑަމީ އޮފް ސައިންސަސް" ގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން، ނިދާއިރު ޓީވީ ދިއްލާފައި ބެހެއްޓުން ނުވަތަ ފަނޑު ބޮކި އަލީގައި ނިދުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ކާނާ ހަކަތައަށް ބަދަލުކުރުމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. މިގޮތުން، ކިތަންމެ ކުޑަ އަލިކަމެއްގެ ސަބަބުން ވެސް ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް ހަށިގަނޑަށް ހުރަސްތަކެއް ކުރިމަތިވެއެވެ.
ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ނިދާއިރު އަލި ހުރުމުގެ ސަބަބުން ހަށިގަނޑު "ޑީޕް ސްލީޕް" ނުވަތަ އަރާމު ފުން ނިދީގެ މަރުހަލާއަށް ދިޔުމަށް ދަތިވެއެވެ. މިއީ ހަށިގަނޑުގެ ގުލްކޯޒް ލެވެލް އެންމެ ފުރިހަމައަށް ރެގިއުލޭޓްކުރާ ވަގުތެވެ. މި މަރުހަލާއަށް ހުރަސް އެޅުމުން ހަށިގަނޑުގައި "އިންސިއުލިން ރެސިސްޓެންސް" އުފެދި، އޭގެ ސަބަބުން ޓައިޕް 2 ޑައިބެޓީސް ނުވަތަ ހަކުރު ބައްޔަށް މަގުފަހިވެގެންދެއެވެ.
މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި ސިއްހީ މާހިރުން ލަފާދެނީ މުޅިން އަނދިރި މާހައުލެއްގައި ނިދުމަށެވެ. ކޮޓަރީގެ އަލި ކަނޑާލުމަކީ ހަށިގަނޑުގެ އެތެރޭގެ ނިޒާމުތައް ހަމަހަމަކަންމަތީ ބެހެއްޓުމަށާއި، ހަކަތަ ރަނގަޅަށް ބެލެހެއްޓުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް މި ދިރާސާގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ދިގު މުއްދަތުގެ ދުޅަހެޔޮކަމަށްޓަކައި ނިދާ މާހައުލަކީ އެއްވެސް އަލިކަމެއް ނެތް މާހައުލަކަށް ހެދުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު