ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނަމަވެސް، 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ އަދިވެސް ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނުކުރައްވާފައިވާތީ އެ ސަރަހައްދު ހިމާޔަތްކޮށް ސިފައިން ބަލަހައްޓަމުންދާނެ ކަމަށް، ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނަމަވެސް، 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ އަދިވެސް ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ މިއަދު އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަށް ދިވެހި ސަރުކާރުން ބަލައިނުގަންނަ ކަމަށެވެ. އެހެންކަމުން 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ގާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލްް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ޚާއްސަ އިގުތިޞާދީ ސަރަހައްދު ކަމަށެވެ. އެގޮތުން ޖުލައި 31، 1976 ގައި ރާއްޖޭން ވެފައިވާ "ޑިޓަމިނޭޝަން އޮފް ދަ ޓްރައިޖަންކްޝަން ޕޮއިންޓް އިން ދަ ގަލްފް އޮފް މަނާރު" އެއްބަސްވުން ފިޔަވައި އެހެން ގައުމަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން އެއްވެސް މިންވަރެއް ގެއްލިގެންދާނެ ފަދަ އެއްބަސްވުމެއް ނުވާ ކަމަށެވެ. ރާއްޖޭގެ އުތުރުން ޑީލިމިޓްކޮށްފައިވާ ސަރަހައްދު ފިޔަވައި ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދެއް ރާއްޖެއަށް ލިބިގެންވާކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ގާނޫނުގައިވާ ގޮތުން އެ ސަރަހައްދު ބެލެހެއްޓުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ވުމާއެކު، އެ ސަރަހައްދު ސިފައިންގެ ގާބިލުކަން ތަންދޭ މިންވަރަކުން އިޚްލާސްތެރިކަމާއި ފަރުވާތެރިކަމާއި ސާބިތުކަމާއެކު ބަލަހައްޓަމުންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިދިޔަ ސަރުކާރުގައި "ގެއްލުނު ކަނޑު" ހޯދައިދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.
ރައީސް މުޢިއްޒު މިއަދު ވިދާޅުވީ ކަނޑުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ދިރާސާކުރުމަށް ބަންޑާރަ ނައިބަށް އަންގަވާފައިވާނެ ކަމަށާއި، އެކަމަށް އެކުލަވައިލި ކޮމިޓީގެ ރިޕޯޓު މިދިޔަ މަހުގެ 22 ވަނަ ދުވަހު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކެބިނެޓުން މިހާރު ވަނީ އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންދެވުމަށް ނިންމަވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު