އައްޑޫގައި ހަރަކާތްތެރިވާ "ސްކޫޕު" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ މިމަހު 15 ވަނަ ދުވަހުއެވެ. މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކުރިކަން ކަށަވަރުވެފަައި ވީނަމަވެސް މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މިއީ ގޭންގްތައް ހުއްޓުވުމަށް މިދިޔަ އަހަރު ތަންފީޒުކުރަން ފެށި އާ ގާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ހުށަހެޅި ފުރަތަމަ ގްރޫޕެވެ.
ޕީޖީން ވަނީ އެ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅެމުގެ އިތުރުން އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވުނު ނުވަ މީހަކީ އެ ގްރޫޕުގެ މެންބަރުންގެ ގޮތުގައި ކަނޑައަޅައި ދިނުމަށް ވެސް ހައި ކޯޓުގައި އެދިފައެވެ. އަދި 'ސްކޫޕު' އަދި 'ސްކޫޕު ކަންމަތި' ގެ އިތުރުން 'އެސްކީޕީ' ލިޔެފައިވާ ފާރުތަކާ، އެންމެހާ ތަންތަނުން އެ ނަންތައް ފޮހެލުމަށް އައްޑޫ ކައުންސިލްގެ މައްޗަށް އަމުރުކޮށް ދިނުމަށް ވެސް އެދިފައި ވެއެވެ.
އެ އޮފީހުން ބުނިގޮތުގައި ސްކޫޕު ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހަޅަން ނިންމީ ފުލުހުން ހުށަހެޅި ހެކިތައް ދިރާސާކުރުމަށް ފަހުގައެވެ. އެގޮތުން އެ ގްރޫޕުގައި ގޭންގެއްގެ ޝަރުތުތައް ފުރިހަމަވާ ކަމަށާއި މިހާރު ވެސް ކުށް ކުރުމުގައި ހަރަކާތްތެރިވާ ކަމަށް ޕީޖީން ވަނީ ތުހުމަތު ކޮށްފައެވެ.
ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" މާނަކޮށްފައިވަނީ ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން، މާލީ ނުވަތަ މާއްދީ މަންފާއެއް ހޯދުމަށް ޖިނާއީ ބޮޑެތި ކުށްތައް ކުރާ ގްރޫޕްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު