ބަންގްލަދޭޝްގައި ހަމަޖެހުން ގާއިމުކުރުމަށްޓަކައި، އެންމެންގެ ބައިވެރިވުން އޮންނަ ޑިމޮކްރަސީއަކާއި ހަމަހަމަ ފުރުސަތުތަކެއް ބޭނުންވާކަމަށް ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.
އެން.ޑީ.ޓީ.ވީގެ އަދިތްޔާ ރާޖް ކޯލްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ، ބަންގްލަދޭޝްގެ ސިޔާސީ ހަމަނުޖެހުންތަކަށް ހައްލެއް ހޯދޭނީ، އިންސާފުވެރި ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް އަމިއްލައަށް ގައުމުގެ މުސްތަގުބަލު ކަނޑައެޅުމުގެ މިނިވަންކަން ދީގެން ކަމަށެވެ. އަދި ދެކުނު އޭޝިއާގައި ފެތުރެމުންދާ ހަރުކަށި ފިކުރުތައް ހުއްޓުވޭނީ މަޝްވަރާ އާއި، އިންސާފާއި، އަދި މުޖުތަމައު ބައިވެރިކޮށްގެންކަން ފައިސަލް ފާހަގަކުރެއްވިއެވެ.
"ކޮންމެ މީހަކަށްމެ ހަމަހަމަ ފުރުސަތު އޮންނަންޖެހޭނެ. ވަކި ގްރޫޕަކުން ނުވަތަ ވަކި މީހަކު އެކަންޏެއް ނޫން ގައުމެއްގެ ވެރިކަން ކުރަންޖެހޭނީ. އެއީ ރައްޔިތުން ނިންމާނެ ކަމެއް،" ޑިމޮކްރަސީއެއް ހަރުދަނާވާނީ ހުރިހާ އެންމެންނަށް ހަމަހަމަ ފުރުސަތު ލިބިގެންކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވިއެވެ.
ބަންގްލަދޭޝްގައި އިންތިޚާބެއް ނުބޭއްވި ދިގުލައިދިއުމާއި ހަމަނުޖެހުންތައް ކުރިއަށްދާ ދިއުމަށް އިޝާރާތްކުރައްވަމުން، ލީޑަރުން މި މައްސަލަތަކަށް ފުންކޮށް ބައްލަވައި ރައްޔިތުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސްވެރިޔާ ނޮބެލް އިނާމު ހާސިލްކުރައްވާފައިވާ މުޙައްމަދު ޔޫނުސްއަށް ދެއްވާނެ މެސެޖަކީ ކޮބައިތޯ ސުވާލުކުރުމުން، ފައިސަލް ވިދާޅުވީ ސަރުކާރުތައް އަންނާނެ ކަމަށާއި ދާނެ ކަމަށެވެ، ނަމަވެސް ގައުމު ދެމިއޮންނާނެ ކަމަށެވެ.
"ކޮންމެ ލީޑަރަކުވެސް ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކޮށްފިނަމަ، އަމާންކަން ގާއިމުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދެކުނު އޭޝިއާގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮންޖެހުންތަކާ ބެހޭގޮތުންނާއި، ބަންގްލަދޭޝްގައި އިސްލާމީ ޖަމާއަތްތަކުގެ ނުފޫޒު ގަދަވަމުންދާ ދިއުމާ މެދު އޮތް ކަންބޮޑުވުންތަކާ ބެހޭގޮތުން ފައިސަލް ތަފްސީލީ ގޮތެއްގައި ވާހަކަދެއްކެވިއެވެ. ރާއްޖޭގެ ތަޖުރިބާގެ މައްޗަށް ބިނާކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހަރުކަށި ފިކުރު މަދުކުރެވޭނީ މުޖުތަމައުތައް ބައިވެރިކޮށްގެންނާއި، ހުރި ޝަކުވާތަކަށް ހައްލު ހޯދައިދީގެން އަދި ހަމަހަމަ ފުރުސަތުތައް ކަށަވަރުކޮށްދީގެން ކަމަށެވެ.
"ރައްޔިތުންނާ ވާހަކަދައްކައި، އެމީހުން މަޝްވަރާގެ މޭޒަށް ގެނެސް، އެންމެންނަށް އިހުތިރާމްކޮށްގެން މައްސަލަތައް ހައްލުކުރުމުގެ ޒިންމާ ލީޑަރުން އުފުލަންޖެހޭނެ،" ފައިސަލް ވިދާޅުވިއެވެ.
ހަމައެއާއެކު ފައިސަލް ވިދާޅުވީ، ތަޢުލީމާއި، ސިއްހީ ޚިދުމަތާއި، ވަޒީފާގެ ފުރުސަތުތަކުގައި އޮންނަ ތަފާތުކުރުންތަކަކީ ގިނަ ފަހަރަށް ނުރުހުމާއި ހަރުކަށި ފިކުރަށް މަގުފަހިވާ ކަންތައްތައް ކަމަށެވެ. އަދި އެންމެންނާ މެދުވެސް ހަމަހަމަކޮށް އަމަލުކުރެވޭކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވުމުން، ކަންކަން ރަނގަޅުވާން ފަށާނެކަން އޭނާ ފާހަގަ ކުރަށްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު