އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އެއްބައިވަންތަ ކުރުވަމުން ދާތީ އެ ޕާޓީގެ މިހާރު ޗެއަރޕާސަން އަބްދުލް ޣަފޫރަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ޝުކުރު އަދާކުރަށްވައިފިއެވެ.

މޫސަ "އެކްސް" ގައި ކުރެެއްވި ޕޯސްޓެއްގައި ޣަފޫރަށް ޝުކުރު އަދާކުރެއްވީ މިއަދު އެމްޑީޕީގެ ދެ ރައީސުން ގިނަ ދުވަސްތަކެއް ފަހުން ބައްދަލުވެ އެކުގައި މަސައްކަތް ކުރަށްވަން ނިންމާފައިވާތީއެވެ.

މޫސަ ވިދާޅުވީ ޕާޓީގެ ސަފުތައް އެއްބައިވަންތަކޮށް ބަދަހި ކުރަން ޣަފޫރު ކުރަށްވާ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ.





މޫސަ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ބައިބައިވުމަށް ދެން ފުރުސަތު ނުދެއްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހިޔާލު ތަފާތުވުންތަކުގައި ތިއްބެވުމަށް ފަހު ރައީސް ޞާލިޙާއި ރައީސް ނަޝީދު މިއަދު ވަނީ ބައްދަލު ކުރަށްވާފައެވެ. އެދެބޭފުޅުން ބައްދަލު ކުރަށްވާފައިވަނީ، ދެ ރައީސުން އެކުގައި މަސައްކަތް ނުކުރުމުގެ ކަންބޮޑުވުމަށް ހައްލު ހޯދުމަށް އެމްޑީޕީގެ އާއްމު މެންބަރުން އެދެމުން ދިއުމުގެ ސަބަބުންނެވެ.



ކިޔުންތެރިންގެ ހިޔާލު