ދައުލަތުގެ ކުންފުނިތަކަށް މިހާރު އަމިއްލައަށް ނިންމުންތައް ނިންމުމުގެ ބާރު ލިބިފައިނުވާ ކަމަށާއި، އެކުންފުނިތަކުގެ ސިޔާސަތުތައް ކަނޑައަޅަނީ ރައީސް އޮފީހުން ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު، ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑީއާއެއްގައި ރޭ ވާހަކަ ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ ކުންފުނިތަށް ނުހިގައިގެން އުޅެނީ ސަރުކާރުން އެ ކުންފުނިތަކަށް އަތްބާނާތީ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކަށް ކަންކަން ނިއްމުމުގެ ބާރެެއް ނެތް ކަމަށާއި ކުންފުނިތަކުގެ ސިޔާސަތު ކަނޑަަައަޅަނީ ރައީސް އޮފީހުން ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
"ހަގީގަތުގަ މިއަދު އެއްވެސް ބޭފުޅަކަށް ނޭންގެ އެއްވެސް ކުންފުންޏެއްގެ ސިޔާސަތަކީ ކޮބައިކަމެއް. މިއަދު ސިޔާސަތު ކަނޑައަޅަނީ ރައީސް އޮފީހުން. ބީއެމްއެލްގެ ސިޔާސަތުވެސް ކަނޑައަޅަނީ ރައީސް އޮފީހުން." ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޑރ.ޝަމްހީދު ވިދާޅުވީ ކުންފުނިތަކަށް ދުރު ރާސްތާގައާއި ކުރުރާސްތާގައި ވެސް އެބޭފުޅުންގެ ވިޔަފާރީގެ ޕްލޭނެއް ނުހެދޭ ކަމަށެވެ. އެގޮތުން ޑރ. ޝަމްހީދު ވަނީ އެޗްޑީސީން މިރޭ ބާއްވާ އިވެންޓެއްގައި އެކުންފުނީގެ ދެންހުރި ހުރިހާ ބިމެއް ހިލޭވެސް ދޫކޮށްލަފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި އެގޮތަށް ކަންތައްތައް ހިނގާތީ ކުންފުނިތައް ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
މިކަމުގެ މިސާލެއްގެ ގޮތުން ޑރ. ޝަމްހީދު ވިދާޅުވީ، އައިލެންޑް އޭވިއޭޝަނަށް ދިމާވެފައިވާ ހާލަތެވެ. ޑރ. ޝަމްހީދު ވިދާޅުވީ، އައިލެންޑް އޭވިއޭޝަންގެ ޓެކްނިކަލް ބޭފުޅުން ފަހަރެއްގައި ވައިޑް ބޮޑީ އެއާކްރާފްޓް ގެންނަން ބޭނުންފުޅު ނުވެދާނެ ކަމަށެވެ. ނަމަވެސް، ސަރުކާރުން ބޭނުންވެގެން އެކަން ކުރެވުނު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ކުއާޓަރު ނިމުނުއިރު 30 މިލިއަން ރުފިޔާގެ ގެއްލުންވެ، މިހާރު ހިސާބުތަކުން ދައްކާ ގޮތުގައި ވައިޑް ބޮޑީ އެއާކްރާފްޓްގެ ސަބަބުން އައިލެންޑް އޭވިއޭޝަނަށް 250 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޑރ. ޝަމްހީދު ވިދާޅުވީ ކުންފުނިތަކުގައި ތިބޭނީ އެމަނިކުފާނުގެ އިރުޝާދު އަޑުއަހާ ބަޔަކު ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެޗްޑީސީގެ އާމްދަނީއާއި ފައިދާ ކުއާޓަރަކަށް ފަހު ކުއާޓަރެއް ދަށްވަމުންދާ ކަމަށާއި، ލޯނުގެ މައްސަލަތައް އިތުރުވަމުންދާ ކަންވެސް ޑރ. ޝަމްހީދު ފާހަގަކުރެއްވިއެވެ. އަދި ހިޔާ ފްލެޓަށް އަޅަން ނެގި ލޯނާއި، 400 ހައުސިންގ ޔުނިޓުގެ ލޯނު ފަދަ އެޗްޑީސީގެ އެންމެ ބޮޑެތި ލޯނުތަކަކީ މިހާރު ބޮޑަށް ދަރަންޏެއްގެ ގޮތުގައި ފެންނަ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ. ހިޔާ ފްލެޓުގެ ލޯނަކީ އެޗްޑީސީގެ ނަމުގައި އޮތް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރުގެ ބޮޑު ލޯނެއް ކަމަށް ވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޑރ.ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ 280 މިލިއަން ރުފިޔާގެ ގެއްލުންވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އާންމުކުރި ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ.
ޕީސީބީގެ ރިޕޯޓުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ގެއްލުމެއްވީ ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. އެ ކުންފުންޏަށް ވަނީ 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައެވެ. އަދި ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައިލެންޑް އޭވިއޭޝަނަށެވެ. އެ ކުންފުންޏަށް 46.36 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ.

ކިޔުންތެރިންގެ ހިޔާލު