ކުރީގެ ރައީސް އިބްރާހިމު މުހައްމަދު ސާލިހު ތ. ހިރިލަންދޫއަށް ފުރާވަޑައިގެންފިއެވެ.
އިބޫގެ މި ދަތުރަކީ ތ. ހިރިލަންދޫ ކައުންސިލްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެރަށުން މިހާރު އަންނަނީ ރައީސް އިބޫއަށް ހޫނު މަރުހަބާއެއް ދަންނަވަން ތައްޔާރުވަމުންނެވެ.
"ތ. ހިރިލަންދޫ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ދައުވަތު ދެއްވީ އެ ކައުންސިލްއިން ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމި ބީޗު ސަރަހައްދު ހުޅުވުމުގެ ހަފްލާއަށް." ރައީސް އިބޫގެ އޮފީހުން ހާމަކޮށްފައިވެއެވެ.
ރައީސް އިބޫ މީގެ ކުރިންވެސް ވަނީ ކައުންސިލްތަކުގެ ދައުވަތްތަކަށް ރައްރަށަށް ޒިޔާރަތް ކުރަށްވާފައެވެ. ފަހަކަށް އައިސް ރަށްރަށުގައި ބާއްވާ ބޮޑެތި އިވެންޓްތަކަށް ސަރުކާރުގެ ވެރިންގެ ބަދަލުގައި ކުރީގެ ރައީސުން ގެންދާކަން ވަނީ ފާހަގަ ވެފައެވެ.
އެގޮތުން ރައީސް ޔާމީނާއި، ރައީސް ނަޝީދުވެސް ވަނީ މިފަދަ އިވެންޓްތަކެއްގައި މިފަހުން ބައިވެރިވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު