ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި، އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް، ދައުލަތުގެ އަގުހުރި ހަދިޔާތައް ގަވާއިދާ ޚިލާފަށް ބޭނުންކޮށް އަދި ވިއްކުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ޤައުމުގެ ކޯޓަކުން 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި ހުކުމް އިއްވާފައި މިވަނީ އިމްރާން ޚާން ބޮޑުވަޒީރުކަން ކުރެއްވި ދުވަސްވަރު ލިބިވަޑައިގެންނެވި ދައުލަތުގެ އަގުހުރި ހަދިޔާތައް، ޤާނޫނާ ޚިލާފަށް ބޭނުންކޮށް، މާކެޓް އަގަށްވުރެ މާ ދަށް އަގުގައި ވިއްކާލާފައިވާ ކަމުގެ ތުހުމަތުތައް ސާބިތުވުމާ ގުޅިގެންނެވެ.
މި ތަކެތީގެ ތެރޭގައި ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރި ގަހަނާ ހިމެނެއެވެ. އެހެންނަމަވެސް އެދެމެފިރިން ވަނީ މި ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
ޕާކިސްތާނުގެ ޤާނޫނުގައި ވާގޮތުން، ބޭރުގެ ވެރިންގެ ފަރާތުން ލިބޭ ހަދިޔާ ބޭއްވުމަށްޓަކައި، އެ ހަދިޔާއެއްގެ މާކެޓް އަގަށް އެ ތަކެތި ގަނެ، އަދި ވިއްކައިގެން ލިބޭ ފައިދާ އިއުލާން ކުރަން ޖެހެއެވެ.
މި މައްސަލާގައި ދައުލަތުގެ ވަކީލުން ބުނީ 521 ޑޮލަރުގެ މާކެޓް އަގު ހުރި ތަކެތި، އާޓިފިޝަލްކޮށް ދަށްކޮށްފައިވާ 10,000 ޑޮލަރުގެ އަގުގައި ގަނެ، އެ ތަކެތި ވިއްކައިގެން އެ ދެމަފިރިން ބޮޑު ފައިދާއެއް ނަގާފައި ވާކަމަށެވެ.
މި ހުކުމަކީ އިމްރާން ޚާނަށް ކުރިމަތިވި އެތައް ޤާނޫނީ މައްސަލަތަކުގެ ތެރެއިން އެއް ހުކުމެވެ. މި ހުކުމުގެ ސަބަބުން މިހާރުވެސް ޖަލުގައި ހުންނެވި އިމްރާން ޚާނުގެ ސިޔާސީ މުސްތަޤްބަލަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު