ރާއްޖޭގެ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 25 ރުފިޔާއިން 70 ރުފިޔާއަށް އުފުލިއްޖެއެވެ.
މީޑިއާއަކަށް މައުލޫމާތު ދެމުން ވިޔަފާރިވެރިޔަކު ބުނީ ލުނބޯގެ އަގުތައް އުފުލެން ފެށީ މީގެ ދެދުވަސް ކުރިން ކަމަށެވެ. އަދި އަގު މިހާ ބޮޑަށް އުފުލިފައި މިވަނީ ބާޒާރުގައި ލުނބޯ މަދު ވުމުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މީގެ ކުރިން ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 25 ރުފިޔާއަށެވެ. ނަމަވެސް މިހާރު ބައެއް ވިޔަފާރިތަކުން ލުނބޯ ކިލޯއެއް 70 ރުފިޔާއަށާއި، 65 ރުފިޔާއަށް ވިއްކަމުން ދާކަމަށް މައުލޫމާތު ލިބެއެވެ. އަދި އަގުތައް ތިރިވާނީވެސް އާ ޝިޕްމެންޓު ލިބުމުން ކަމަށް ބެލެވެއެވެ.
މިއަހަރު މެދުތެރެއިންވެސް ލުނބޯގެ އަގު ވަރަށް ބޮޑަށް އުފުލުނެވެ. އޭރު ލުނބޯ ކިލޯއެއް ބައެއް ވިޔަފާރިތަކުން ވިއްކަމުން ދިޔައީ 130 ރުފިޔާއަށެވެ.
ލުނބޮއަކީ ދިވެހިން ވަރަށް ގިނަ ކާނާ ތައްޔާރު ކުރުމަށް ބޭނުން ކުރާ އެއްޗަކަށްވުމުން، ބާޒާރުގައި މީގެ އަގު މިހާ ބޮޑަށް އުފުލިގެން ދިއުމަކީ ކަންބޮޑުވުން ހުރި ކަމެކެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ދައުލަތުން ތެލަށްފަހު އެންމެ ގިނައިން ޚަރަދުކުރަނީ ކާބޯތަކެތި އެތެރެކުރުމަށެވެ. ނަމަވެސް ދަރަނި ބޮޑުވެ، ޑޮލަރު ދައުރުވާ މިންވަރު ދަށްވުމުގެ ސަބަބުން ވިޔަފާރިތަކަށް އޭގެ އަސަރުކޮށް، އޭގެ ސަބަބުންވެސް ކާބޯތަކެތީގެ އަގު އުފުލެމުން ދެއެވެ.
ކާބޯތަކެތީގެ އަގު އުފުލެމުން ދާތީ އަގު ދަށްކުރުމަށް، ޖުމުލަ 23 ބާވަތެއް ސަރުކާރުން ވަނީ އެތެރެކުރަން ނިންމާފައެވެ. އަދި ސެޕްޓެމްބަރު މަހުން ފެށިގެން މޭވާއާއި ތަރުކާރީގެ އެ 23 ބާވަތް ގެނެސް، އެސްޓީއޯއިން ވަނީ ވިއްކަން ފަށާފައެވެ. ނަމަވެސް، ބާޒާރުގައި ސްޓޮކް މަދުވާ ކޮންމެ ފަހަރަކު ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު