އެމްއޭސީއެލްގެ އެމްޑީ ޝަރީފް
އެމްއޭސީއެލްގެ އެމްޑީ ޝަރީފް
އެމްއޭސީއެލް އަށް ދައްކަންޖެހޭ ރެމިޓެންސް ފީ ލަންކާ ބޭންކަކަށް ޖަމާކުރަން އެންގިކަމުގެ ލިޔުމެއް މީސްމީޑީއާގައި ދައުރުވާން ފަށައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެއާލައިންތަކުގެ ރެމިޓެންސް ފައިސާ ލަންކާގެ ހަޓަން ނެޝަނަލް ބޭންކު އެކައުންޓަކަށް ޖަމާކުރަން އަންގަން ފަށައިފި ކަމަށްބުނާ ސިޓީ މިހާރުވަނީ މީސްމީޑިއާގައި ޢާއްމު ވެފައެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމްއޭސީއެލް އިން މިކަމާގުޅިގެން ބަހެއް ބުނެފައިނުވާއިރު، މިކަމުގައި މަނީ ލޯންޑަރިން އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން މީސްމީޑިއާގައި ވަނީ ބުނެފައެވެ. މީގެކުރިން އިންޑިއާގެ ޖީއެމްއާރުން އެއާޕޯޓު ހިންގި ދުވަސްވަރު ފިޔަވައި އެމްއޭސީއެލްގެ އާމްދަނީ ބޭރުގެ އެކައުންޓަކަށް ޖަމާކޮށްފައެއް ނުވެއެވެ.



އެމްއޭސީއެލްއިން ފޮނުވިކަމަށް ބުނެ ދައުރުވަމުންދާ ސިޓީ


މިކަމާ ގުޅިގެން، ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެމްއޭސީއެލްގެ ކޭޝްފްލޯ ދަށްވެ، ބޭރުގެ ބޭންކަކުން ލޯނެއް ނެގުމަށް މަސައްކަތް ކުރަމުންދާކަމަށް ބެލެވޭ ކަމަށެވެ. އަދި މިމައްސަލަ ކަމާގުޅުންހުރި އިދާރާތަކުން ތަހުގީގު ކުރުމަށްވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު، ދާދިފަހުން "ޕެނިންސުއުލާ އިންފްރާސްޓްރަކްޗާ" ނަމުގައި ވަނީ އެމްއޭސީއެލް އިން ވަނީ ކުންފުންޏެއް އުފައްދާފައެވެ. އެއީ ބިންހިއްކުމުގެ މަސައްކަތް ކުރަން އުފެއްދި ކުންފުންޏެކެވެ.

އެގޮތުން ރަސްމާލެ ހިއްކުމާއި، ހުޅުމާލެ ފޭސް 3 ހިއްކުމާއި، ކުދި ރަށްރަށުގައި އެއާޕޯޓު އެޅުމާއި، ބައެއް ރަށްރަށުގައި ޖިމް ހެދުން ފަދަ، ޕްރޮޖެކްޓުތަކަށް އެ ކުންފުނިން ދަނީ ހަރަދުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު