ސަރުކާރުން އުޅެނީ ފައިސާ ދީފައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ގަންނަން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ) ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ސަރުކާރަށް ތުހުމަތުކޮށްފިއެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ ރައްޔިތުންނަށް މިހާރު ރައީސްގެ ވާހަކަތަކުގެ ހަގީގަތް އެނގިވަޑައިގަންނަވާ ކަމަށެވެ.
"ރައީސް ދެއްވެވި ވާހަކަތަކަކީ އިތުރުފުޅެއް ކަން ރައްޔިތުންނަށް ސާފުވެއްޖެ, އަދި ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ސަރުކާރުން ހައްދަވާނީ އިތުރުފުޅު." ކުރިމަތީގައި އޮތް ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވައި ނާޒިލް ފާހަގަކުރެއްވިއެވެ.
ނާޒިލް ވިދާޅުވީ ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.
"ސަރުކާރުން ވަނީ ކައުންސިލް ތަކުގެ އަދަދު ވަރަށް ބޮޑަށް ކުޑަކޮށްފައި. މި ސަރުކާރަށް ލާމަރުކަޒީ ނިޒާމު ނޭނގޭ." ސަރުކާރުގެ ލާމަރުކަޒީ ނިޒާމާ ބެހޭ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނާޒިލް ވިދާޅުވިއެެވެ.
މީގެ އިތުރުން ކައުންސިލްގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލް އުވާލީ ސަރުކާރަށް އަތޮޅު ކައުންސިލްތައް ބާރުވެރިކުރެވޭނެ ގޮތެއް ނޭނގޭތީ ކަމަށް ނާޒިލް ތުހުމަތު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު