އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަކީ "މީޑިއާ ސާކަސް" އަކަށް ހަދަން މަސައްކަތް ކުރާނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ދެއްވައިފިއެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ މައްސަލާގައި އިމިގްރޭޝަންގެ މުވައްޒަފުންތަކާ ބައިވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ އަތުލުމަށް ފަހު އެ މީހާ އިމިގްރޭޝަންގެ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަމްއާން ބަންދުކޮށް، އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ.
އެ މައްސަލައިގެ ޝަރީއަތް މީޑިއާ ހެޑްލައިން ހެދުމަށް ބޭނުން ނުކުރުމަށް އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން މިއަދު އިންޒާރު ދެއްވީ މިއަދު ބޭއްވި އަޑުއެހުމުގައި ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކުރި އިމިގްރޭޝަންގެ ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފަކާ ޝަމްއާން ކުރި ސުވާލަކާ ގުޅިގެންނެވެ.
ހެކިވެރިޔާއާ ޝަމްއާން ސުވާލުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ލައްވައި ގާނޫނާ ހިލާފް ކަންކަން ކުރަން ހޯމް މިިނިސްޓަރު އަލީ އިހްސާން އެންގެވި ކަމަށް ބުނެ، އެކަމާ ގުޅޭގޮތުންނެވެ. އެ ސުވާލު ޝަމްއާން ކުރެއްވުމުން ދައުލަތުން އެކަމަށް އިއުތިރާޒް ކުރިއިރު، ގާޒީ ވެސް ވަނީ އެ ސުވާލު ހުއްޓުވާފައެވެ.
ގާޒީ އިހްސާން ވިދާޅުވީ މީޑިއާ ސާކަސްއެއްގެ ގޮތުގައި ނުވަތަ މީޑިއާ ހެޑްލައިން ހެދުމަށް އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށެވެ.
އަދި ދިފާއުގައި ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމާއި ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ޝަމްއާނަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް ވަކި މެސެޖެއް ބަޔަކަށް ދޭން އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކުރާ ނަމަ ފިޔަވަޅު އެޅޭނެ ކަމަށް ވިދާޅުވެ، ގާޒީ ވަނީ ޝަމްއާން އަށް އިންޒާރުވެސް ދެއްވާފައެވެ.
ހެކިވެރިންނާ ސުވާލު ކުރުމުގެ މަރުހަލާގައި ވަކި މެސެޖެއް ނުވަތަ ބަޔާނެއް ނުދެވޭނެކަން ފާހަގަކުރަމުން ގާޒީ ވިދާޅުވީ ޝަމްއާން އެގޮތަށް ދެން އަމަލު ކުރާނަމަ ސުވާލު ކުރުމުގެ ފުރުސަތު ނުދެވިދާނެ ކަމަށެވެ.
މިއަދު ހެކިބަސްދެމުން އިމިގްރޭޝަންގައި މަސައްކަތް ކުރާ އެ މުވައްޒަފު ބުނީ އެ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ހިފަހައްޓާފައި ވަނިކޮށް އޭނާ ދޫކޮށްލަން އެދި ސިޓީއެއް އީމެއިލްއަށް ލިބިފައިވާތީ އެ ސިޓީ ބެލުމަށް ފަހު އެ މީހާ ދޫކޮށްލުމަށް ކަމާބެހޭ ޑިޕާޓްމެންޓްތަކަށް އެންގުމަށް ޝަމްއާން އޭނާއަށް އެންގި ކަމަށެވެ. އެގޮތަށް އެންގުމުން ސިޓީގައި އެކަން ލިޔުމަށް ފަހު އެކަން ކަމާބެހޭ ޑިޕާޓްމެންޓްތަކަށް އެންގި ކަމަށާއި، ނަމަވެސް ދޫކޮށްލުމުގެ ކުރިން އޭނާގެ ބަޔާން ނެގުމަށް އެ ސިޓީގައި އަންގާފައިވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މިއަދުގެ އަޑުއެހުމުގައި ދެވަނައަށް ހެކިބަސް ދިނީ ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތުގައި އުޅޭ މީހެކެވެ. އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީ މީހާ އަކީ ރާއްޖޭގައި އަމިއްލައަށް މަސައްކަތްކޮށްގެން އުޅޭ މީހެއް ކަމަށް އެހެން މީހުންގެ ފަރާތުން އެނގިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޝަމްއާންގެ ބަންދު މުރާޖާކުރަން އޭނާގެ ފަރާތުން ހުށަހަޅާފައި ވިޔަސް، މިއަދު ވަގުތު ހުރިގޮތުން އެކަން ނުކުރެވޭތީ މި ހަފުތާގެ އެހެން ދުވަހެއްގައި ބަންދު މުރާޖާ އަޑުއެހުން ބާއްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު