މަރުވެފައިވާ އިންސާނުންގެ ކަށިތަށް
މަރުވެފައިވާ އިންސާނުންގެ ކަށިތަށް
މީގެ 1000 އަހަރު ކުރިން އުފެދުނު ބިޔަ ސުނާމީއެއްގެ އަސަރު ރާއްޖެ އަށް ކުރި ކަމަށް ސައިންސްވެރިންގެ ދިރާސާއަކުން ދައްކައިފިއެވެ.

މީގެ 1000 އަހަރު ކުރިން އިރުމަތީ އިންޑިއާ ކަނޑަށް އައި ބާރުގަދަ ބިންހެލުމެއްގައި އުފެދުނު ސުނާމީގެ އަސަރު ރާއްޖޭގެ އިތުރުން އިންޑިއާ ކަނޑުގެ އެހެން ގައުމުތަކަށް ވެސް ކުރިއެވެ.

ޔުނިވާސިޓީ އޮފް ތަންޒޭނިއާގެ ޖިއޮލޮޖީ ޕްރޮފެސަރ ޑޮރ މަސޭލީ ވަނީ ދެކުނު އެފްރިކާ ގެ އައްސޭރި ފަށުގެ ސަހަރައްދު ތަކުން ވެލީގެ ސާންޕަލް ދިރާސާ ކޮށްފައެވެ. އެގޮތުން މި ދިރާސާގައި ބިމުގެ 1.5 މީޓަރު އަޑީގައި ހުރި ވެލީގެ ލޭޔަރު ވަރަށް ތަފާތެވެ. އެގޮތުން މި ލޭޔަރުގައި މަރުވެފައިވާ ގިނަ އަދަދެއްގެ އިންސާނުންގެ ކަށިތައްވެސް ވަނީ ފެނިފައެވެ. ޕަންގާނީ އޭ ކިޔުނު ސަރަހައްދަކުން ނެގުނު މި ވެލީގެ ލޭޔަރުން އެގެނީ މީގެ 1000 ވަރަކަށް އަހަރު ކުރިން މި ސަރަހައްދުގައި ގުދުރަތީ ކާރިސާއެއް ފަދަ ސުނާމީއެއް އެރި ކަމެވެ. އޭނާ އިތުރަށް ބުނީ އިތުރަށް ކުރި ތަހުލީލު ތަކުން މި ސުނާމީ އިންޑިއާ ކަނޑަށް ފެތުރި ރާއްޖެއަށް ވެސް އަސަރުކުރި ކަމަށެވެ.

ޑޮރ މަސޭލީ މި ސުނާމީ އަށް ދީފައިވާ ނަމަކީ "ޕަލީއޯ " ސުނާމީއެވެ. މި ސުނާމީގައި ވެސް 2004 ގައި އިންޑިއާ ކަނޑަށް އައި ސުނާމީ އެކޭ އެއްފަދައިން އެތައް ބަޔަކު މަރުވި ކަމަށް އޭނާ ބުންޏެވެ.

އިންޑިއާ ކަނޑަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި 200,000 މީހުންގެ ފުރާނަ ގެއްލުނެވެ. މިއީ އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިންހެލުމަކުން އުފެދުނު ސުނާމީއެކެވެ.



ކިޔުންތެރިންގެ ހިޔާލު