ހިމާލެޔާ ސަރަހައްދު
ހިމާލެޔާ ސަރަހައްދު
ބޮޑު ބިންހެލުމެއްގެ ނުރައްކާ އިންޑިއާ އަށް އޮތް ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ދާދި ފަހުން ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކާގޮތުގައި އިންޑިއާ ހިމެނޭ "ހިމާލިޔާ" ސަރަހައްދުގައި އާދަޔާ ހިލާފު ބާރު ތަކެއް ދަނީ ޖަމާވަމުންނެވެ. މި ބާރުތައް ބިމުގެ އަޑީގައި ޖަމާވަމުން ދާތާ މިހާރު 700 އަހަރު ވެދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ސައިންވެރިން ބުނާ ގޮތުގައި އެތަކެއް ސަތޭހަ އަހަރު ވަންދެން ޖަމާވަމުން ދާ މިބާރު ކުއްލިއަކަށް ރިލީޒް ވެއްޖެނަމަ ބާރުމިނުގައި 8.8 ގެ ދެ ބިންހެލުމެއް އިންޑިއާ ހިމެނޭހެން ހިމާލަޔާއަށް އައިސްދާއެވެ.

ހިމާލިޔާގައި ހިމެނޭ ގައުމުތަކަކީ, އިންޑިއާ, ޕާކިސްތާން, ޓިބެޓް, ބޫޓާން, ނޭޕާލް އެވެ. 2015 ވަނަ އަހަރު ހިމާލިޔާގައި ހިމެނޭ ނޭޕާލައް އައި 7.8 ގެ ބާރުމިން ހުރި ބިންހެލުމުގައި 9000 މީހުން މަރުވިއެވެ.

ސައިންވެރިން ބުނާ ގޮތުގައި ބޮޑު ބިންހެލުމުގެ އަސަރު އިންޑިއާގެ އިތުރުން ކައިރި އެހެން ގައުމުތަކަށް ވެސް ކުރާނެއެވެ. ބޮޑު ބިންހެލުމުގައި އެތައްހާސް ބަޔަކު މަރުވެ, އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ވެދާނެކަމަށް ސައިންވެރިން ލަފާކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު