އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ސިޔާސީ މަސައްކަތުގައި ދެމިތިބެން ޖެހޭނީ އެމްޑީޕީގައި ކަމަށާއި، އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނަކީ ދިގުމުއްދަތަކަށް އެކުގައި މަސައްކަތްކުރި އިތުބާރުކުރެވޭ ގާތް ރައްޓެހިން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ، މިވަގުތު އެމްޑީޕީގެ ތެރޭގައި ޚިޔާލު ތަފާތުވުން އެބައޮތް ކަމަށާއި، ނަމަވެސް އެއީ ޕާޓީ ބައިބައިވުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެން ވެސް ތިބެންޖެހޭނީ އެމްޑީޕީގައޭ. ވަކި މީހެއްގެ ފަހަތަށް އަރައިގެން ޕާޓީ ދޫކޮށްފައި ވަކި ފިކުރެއްގައި ދިއުމަކީ އެއީ ޕާޓީގެ މަސްލަހަތަށް ޓަކައި އަދި ނޫނިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތަށް އޮތް އެންމެ ރަނގަޅު ގޮތެއް ނޫން އެއީކީ." ޣަފޫރު ވިދާޅުވިިއެވެ.
ހަމައެއާއެކު އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބައެއް ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ޣަފޫރު ވިދާޅުވީ، އެމްޑީޕީގެ ލީޑާޝިޕުގައި ތިބީ އެތައް އަހަރެއް ވަންދެން އެކުގައި މަސައްކަތްކޮށްފައިވާ އިތުބާރު ހުރި ރައްޓެހިން ކަމަށާއި، އޭގެތެރެއިން އެއްވެސް ބޭފުޅަކު ކޮރަޕްޝަންގެ އަމަލެއްގައި ޝާމިލު ނުވާނެކަން ޔަގީން ކަމަށެވެ.
އަދި ނޮވެންބަރު 17 ގައި ބާއްވަން އޮތް އެއްވުން ރިޝްވަތު ނަގައިގެން ކެންސަލްކުރި ކަމުގެ ތުހުމަތަކީ ޙަގީގަތެއް ނޫންކަމަށާއި، އެއްވުން ނުބޭއްވުނީ ސަރުކާރުން ކުރިމަތިކުރި ހުރަސްތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ޣަފޫރު މިއަދު ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް މުޅި އެމްޑީޕީ އެކުގައި މަސައްކަތް ކުރުމަށާއި އެމަސައްކަތަށް ތައްޔާރުވުމަށް ގޮވާލައްވައި، ޕްރައިމަރީގެ ނަތީޖާއަށް ލީޑަރޝިޕުން އިހުތިރާމުކުރާނެ ކަމަށާއި ވޯޓު ލީ މީހާއަށް އޭގެ ނަތީޖާ ތެދުވެރިކަމާއެކު ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އިބްރާހިމް ވަޙީދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އަދިވެސް ސިޓީތަކުގެ ދާއިރާތައް އިއުލާނުކޮށްފައި ނުވާތީ، ޕްރައިމަރީ ބޭއްވުމުގައި ދަތިތަކެއް ހުރިކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޕާޓީގެ އިސް ބޭފުޅުން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕާޓީގެ އިތުރު ހަރަކާތްތައް ފެނިގެންދާނެ ކަމަށެވެ.
ޣަފޫރުގެ މޭސްތިރިކަމުގައި އެމްޑީޕީގެ ޙަރަކާތްތައް އަލުން ފަށާފައިވާއިރު، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ޣަފޫރު އިންތިހާބުކުރީ އެޕާޓީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގަ އެވެ. އެ މަގާމަށް އޭނާ ހޮވުނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު