ހަމަލާތައް ހުއްޓާލުމަށް ވި އެއްބަސްވުމަށް ފަހުވެސް ޣައްޒާގެ ޞިއްޙީ ނިޒާމަށް ބޭނުންވާ މުހިއްމު ސާމާނު ނުލިބޭ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އަލްޖަޒީރާގެ ރިޕޯޓެއްގައި ވާގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ދެމުންދާ ހަމަލާތަކުން ހަލާކުކޮށްލާފައިވާ މެޑިކަލް އިމާރާތްތަކާ އެކު ޣައްޒާގެ ޞިއްޙީ ނިޒާމް ހަލާކުވެފައިވާއިރު އަދިވެސް ފަރުވާއަށް ބޭނުންވެފައިވާ މީހުންނަށް ފަރުވާދޭން ބޭނުންވާ މުހިންމު ސާމާނު ނުލިބެއެވެ.
އެންމެ މުހިއްމު މެޑިކަލް ސާމާނު ވެސް އިޒްރޭލުން އެތެރެވިޔަ ނުދިނުމުގެ ސަބަބުން، ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ މި ސަރަހައްދުގައި ޑޮކްޓަރުންނަށް މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
މި ސަރަހައްދަށް ކާބޯތަކެތި، މޯބައިލް ފޯނު އަދި އިލެކްޓްރިކް ބައިސްކަލް ވެސް އެތެރެކުރުމުގެ ހުއްދަ އިޒްރޭލުން ދީފައިވާއިރު، އެންޓިބަޔޮޓިކްސް، އައިވީ ސޮލިއުޝަންސް އަދި ސާޖިކަލް މެޓީރިއަލްސް ފަދަ މުހިއްމު ސާމާނު އެތެރެކުރުން ވަނީ މަނާ ކޮށްފައެެވެ.
މިކަމުގެ ސަބަބުން މުހިއްމު ބޭސްތަކުގެ ތެރެއިން 54 އިންސައްތަ ނުލިބޭ ހާލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުނީރު އަލް-ބުރުޝް ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓު ކޮށްފައެވެ.
އަދި އޮޕަރޭޝަންތަކަށް އަދި ކުއްލި ފަރުވާ ދިނުމަށް ބޭނުންވާ ބޭސްތަކުގެ ތެރެއިން 40 އިންސައްތަ ބޭސް އެއްވެސް ވަރަކަށް ނެތް ކަމަށާއި، މިއީ ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް އެންމެ ބަރޯސާވާ ބޭސްތައް ކަމުގައިވެސް ޑރ. މުނީރު އާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވެއެވެ.
މީގެ ކުރިން މިހާ ދަތި ދަނޑިވަޅެއް ދިމާވެފައި ނުވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާައިން ވަނީ ބުނެފައެވެ.
އިޒްރޭލުން ހަފްތާއަކު ޣައްޒާއަށް އެތެރެކުރަނީ އެންމެ ފަސް ޓްރަކްގެ މެޑިކަލް ސާމާނު ކަމަށާއި، އޭގެ ތެރެއިން ތިން ޓްރަކްގެ ސާމާނު ޔޫއެން އަދި އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް ދާއިރު، ސަރުކާރު ހޮސްޕިޓަލްތަކަށް ލިބެނީ އެންމެ ދެ ޓްރަކްގެ ސާމާނު ކަމަށް ސިއްހީ ވުޒާރާއިން ހާަމަކުރިއެވެ.
މި އަދަދު ވެގެންދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިޒްރޭލުން ޣައްޒާއަށް ފޯރުކޮށްދޭން ޖެހޭ އެހީގެ ކުޑަ ބައަކަށް ކަމުން، މިކަމުގެ އަސަރު ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ އެހެނިހެން ދާއިރާތަކަށް ވެސް ކޮށްފައި ވާކަމަށް ރިޕޯޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު