އެސްއީޒެޑް ޤާނޫނަށް މިސަރުކާރުން ގެނައި ބަދަލުން ދިވެެހީންގެ އެއްބައެއްވަންތަން ގެއްލިދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި އިމްރާން ވިދާޅުވީ، ވޭތުވެ ދިޔަ އެތައް ސަތޭކަ އަހަރެއްގެ ތެރޭގައި ދިވެހިންނަށް ލިބިފައި އޮތް އެންމެ ބޮޑު ނިއުމަތަކީ ދިވެހިންނަކީ އެއް ނަސްލެއްގެ އެއްބަހުން ވާހަކަ ދައްކާ އެއް ދީނަކަށް ތަބާވާ ބައެއްކަމުގައިވުން ކަމަށެވެ.
ނަމަވެސް އެސްއީޒެޑް ޤާނޫނަށް ރައީސް މުއިއްޒު ގެންނަވާފައިވާ ބަދަލުގެ ސަބަބުން ދިވެެހީންގެ އެއްބައެއްވަންތަކަމުގެ ސިފަ މަދު އަހަރުތަކެއްގެ ތެތޭގައި ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް އިމްރާން ވިދާޅުވިއެވެ.
ހަމައެއާއެކު އިމްރާން ވަނީ، ރައީސް މުއިއްޒަކީ ވަރަށް ގިނައިން ގިނައިން ދީނާއި ޤައުމިއްޔަތުގެ ވާކަފުޅު ދައްކަވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުގެ ބައެއް ސިޔާސަތުތަކުން އެމަންޒަރު ނުފެންނަކަން އިމްރާން ފާހަގަ ކުރެއްވިއެވެ.
"ރައީސް މުއިއްޒު ކިތަންމެ ގިނައިން ދީނާއި ޤައުމިއްޔަތުގެ ވާކަފުޅު ދެއްކެވި ނަމަވެސް، ދީނާއި ޤައުމުދެކެ ލޯބިވާން ޖެހޭވަރާ ގާތަށްވެސް ލޯބިވާނަމަ، އެއްގޮތުން ނުވިއްޔާ އަނެއްގޮތަކުން ވިޔަސް އަޑިނޭންގޭ ބޭރުމީހުނަށް ދިވެހި ބިން ވިއްކާ، ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީހެވެ." އިމްރާން ވިދާޅުވެފައިވެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް އެސްއީޒެޑް ޤާނޫނު ވަނީ އިސްލާޙު ކޮށްފައެވެ.
މި ޤާނޫނުގައި 'ސަސްޓެއިނަބަލް ޓައުންޝިޕް' މާނަކޮށްފައި ވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ގާނޫނުގައި ބަޔާންކުރާ ވަސީލަތްތަކާއި، ހިދުމަތްތަކާއެކު ގާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި، ހިދުމަތްތަކާއި، އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.
އަދި ސަސްޓެއިނަބަލް ޓައުންޝިޕްއެއް ތަރައްގީކުރުމަށް ހުއްދަ ދެވޭނީ އެ ޒޯންގައި ކުރާ އިންވެސްޓްމަންޓަކީ 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށްވާނަމަ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. އަދި އެތަނަކީ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޒޯނަކަށް ވާންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ވޭތުވެ ދިޔަ އެތައް ސަތޭކަ އަހަރެއްގެ ތެރޭގައި ދިވެހިންނަށް ލިބިފައި އޮތް އެންމެ ބޮޑު ނިއުމަތަކީ ދިވެހިންނަކީ އެއް ނަސްލެއްގެ އެއްބަހުން ވާހަކަ ދައްކާ އެއް ދީނަކަށް( އިސްލީމްދީނަށް) ތަބާވާ ބައެއްކަމުގައިވުން،
— Imran Abdulla (@ShimranAb) December 7, 2025
އެސް އީ ޒެޑް ގެ ޤާނޫނަށް ރައީސް މުއިއްޒު ގެންނަވާފައިވާ ބަދަލުގެ…
އިމްރާން މިހެން ވިދާޅުވެފައިވާއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް އެސްއީޒެޑް ޤާނޫނު ވަނީ އިސްލާޙު ކޮށްފައެވެ.
މި ޤާނޫނުގައި 'ސަސްޓެއިނަބަލް ޓައުންޝިޕް' މާނަކޮށްފައި ވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ގާނޫނުގައި ބަޔާންކުރާ ވަސީލަތްތަކާއި، ހިދުމަތްތަކާއެކު ގާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި، ހިދުމަތްތަކާއި، އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.
އަދި ސަސްޓެއިނަބަލް ޓައުންޝިޕްއެއް ތަރައްގީކުރުމަށް ހުއްދަ ދެވޭނީ އެ ޒޯންގައި ކުރާ އިންވެސްޓްމަންޓަކީ 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށްވާނަމަ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. އަދި އެތަނަކީ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޒޯނަކަށް ވާންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު