މަޖިލީހުގެ 241 ކޮމިޓީއާއި މާލިއްޔަތު ކޮމިޓީން ބަލާ ރިޕޯޓުތަކާއި ގުޅިގެން ފިޔަވަޅު އެޅުމަށް ނިންމާ ނިންމުންތަކަކީ "ބޮޑު ރާޅެއް" އަންނަ ކަމުގެ ނިޝާނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް، ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.އަމީން ފައިސަލް ވިދާޅުވީ، މަޖިލީހުގެ މި ދެ ކޮމިޓީން ބަލާ ރިޕޯޓުތަކާއި ގުޅިގެން ނިންމާ ނިންމުންތަކަކީ ކުއްލިއަކަށް ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ކުރިއަށް އަންނަ ވަރަށް ބޮޑު ކަމެއް ކަމަށެވެ. އަދި މިކަންކަމުގެ ސަބަބުން ރައްޔިތުންނަށް ނުވަތަ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑު ރާޅެއް އަންނަނީ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ފަސްކުރުމުގެ ފުރުސަތުތަކަށް އިޝާރާތް ކުރައްވައި އަމީން ވިދާޅުވީ، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު އޮންނާނެ ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މިހާރުވެސް، ރައްޔިތުންނަށް ބަދަލެއް ގެނެސް، އެ ބަދަލަށް ރައްޔިތުންގެ ރިއެކްޝަން ހުރިގޮތް ބަލާލުމަށްފަހު ރިޔާސީ އިންތިހާބު ފަސްކޮށްލުމަކީ އޭނާއަށް ފެންނަ މަންޒަރެއް ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ފައިސަލް އިތުރަށް ވިދާޅުވީ، ސަރުކާރުން ރިޔާސީ އިންތިހާބު ފަސްކުރުމަށްޓަކައި، އިގްތިސާދީ ގޮތުން ނުވަތަ އެހެންވެސް ކާރިސާއެއް އުފައްދައިގެންވެސް ފަހަތަށް ޖެހިލާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ކޮންމެ އިދާރާއެއްގައިވެސް، ފުލުހުންގެ ތެރޭގަވެސް، ސިފައިންގެ ތެރޭގަވެސް، ގައުމަށް ހެޔޮއެދޭ، ގައުމު ދެކެ ލޯބިވާ ބަޔަކު ތިބޭނެ ކަމަށް އަމީން ފާހަގަކުރެއްވިއެވެ.
"ކުރި ހުވައާ އެއްގޮތަށް އަމަލުކުރާނެ. މަދުނަމަވެސް ޒުވާނުންގެ ތެރޭގަ އެބަތިބި. ގައުމަށް ހެޔޮއެދޭ ގައުމު ދެކެ ލޯބިވާ ޒުވާނުން. ދެފިކުރުގަ ވެސް. އެހެންވީމަ އެ ފިކުރުގެ ތެރެއިން އަދި އެމްޑީޕީވިޔަސް ޕީއެންސީވިޔަސް، އެ މީގެ ތެރެއިން ނިކުންނާނެ މީހުން،" އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ ގޯހަށް، ނުވަތަ ހައްގަށް ނިކުންނަ ޒުވާނުންގެ ބާރު ހިފެހެއްޓުމަށް ސަރުކާރުން ކޮންމެ ފަދަ ބާރެއް ބޭނުންކޮށްގެންވެސް ކަންތައްތައް ކުރާނެ ކަމަށެވެ. އެގޮތުން ބަޑިޖަހައިގެންވިޔަސް، ކުރިމަތިލައިގެންވިޔަސް، ނުވަތަ ހަނގުރާމައަކަށް ގޮސްގެންވިޔަސް އެކަން ކުރާނެ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، އެފަދަ ކަމެއް ކާމިޔާބު ނުވުމަށް ދުޢާކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ވެރިކަން ދިފާއު ކުރުމަކީ ސަރުކާރުން ކޮންމެ ގޮތަކަށްވެސް ތައްޔާރުވާނެ ކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން މިހެން ވިދާޅުވެފައިވާއިރު ޕޮލްކޯ ކޮރަޕްޝަނާ ގުޅިގެން ސީޕީ ނަވީންއާއި ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދާދިފަހުން ވަނީ ލަފާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު