ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެމްޑީޕީއިން ވަކިވެވަޑައިގެންނެވި މަހުލޫފް ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭގައެވެ.
ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމު ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސޯބިރު މިދިޔަ ޖުލައި މަހު އަވަހާރަވުމާ ގުޅިގެންނެވެ. އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މަހުލޫފަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮޮނުވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ގެނައުމާ ދެކޮޅަށް ގަދައަށް މަސައްކަތް ކުރެއްވި މަހުލޫފް ޖަޕާނު ސަފީރު ކަމަށް އައްޔަންކުރަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުންނެވެ.
މިހާތަނަށް 4 ޕާޓީއެއްގައި ޙަރަކާތްތެރިވި މަހްލޫފްގެ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. މިހާރުގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާއިން މަހްލޫފް އިންތިހާބުވެވަޑައިގެންނެވީ ވެސް ޑީއާރުޕީގެ ޓިކެޓުގައެވެ.
ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން 2011ގައި އުފެއްދި ޕީޕީއެމްއާ މަހްލޫފްވެސް ގުޅިވަޑައިގެންނެވިއެވެ. އޭނާ ޕީޕީއެމް އިން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު ހިޔާލުތަފާތުވުން އުފެދުމުންނެވެ.
އޭގެ ފަހުން އޭނާ ވަނީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ކުރީ ސަރުކާރުގައި އޭނާ ވަނީ ޔޫތު މިނިސްޓަރުކަންވެސް ކުރައްވާފައެވެ. އަދި އޭނާ އެމްޑީޕީން ވަކިވެ ވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހު 8 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު