ކައުންސިލްތަކުގެ އިހްތިސާސުގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއްގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ހިންގަން ބޭނުންވާ މަޝްރޫޢުތަކަށް ނުވަތަ ހަރަކާތްތައް ހިންގޭނެ ގޮތަށް ހަދައިފިއެވެ.
ސަރުކާރަށް އެ ބާރު ލިބިފައިމިވަނީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުުރުމަށް މިދިޔަ ހަފްތާގައި މަޖިލީހުން ފާސް ކުރި ބިލު ރައީސް މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.
ރައީސް އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އެ އިސްލާހުން ގެންނަ ބަދަލުތަކަށް އިއްޔެއިން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލާމަރުޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ވޯޓަށް އެހުމުގެ ކުރިން ތަޅުމުގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހް ވަނީ ބިލަށް އިތުރު އިސްލާހެއް ހުށަހަޅާފައެވެ. އެގޮތުން އިސްލާހު ހުށަހެޅީ މިހާރު ކައުންސިލްތަކުގެ ހުއްދަ ހޯދައިގެން އެ ރަށެއްގައި ނުވަތަ އެ ދާއިރާއެއްގައި ހިންގަން ޖެހޭ މަޝްރޫއުތަކާއި ހަރަކާތެއް، ސަރުކާރުން ބޭނުންވެއްޖެނަމަ، ހުއްދަ ހޯދުމަކާ ނުލާ ވެސް ކުރެވޭ ގޮތަށް ހެދުމަށެވެ.
އެގޮތަށް ސަރުކާރަށް ކަންކަން ކުރެވޭނީ "އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި" އެކަމަކަށް ކައުންސިލުން ހުއްދަ ނުދީފި ނަމަކަމަށް އިސްލަަހުގައި ވެއެވެ.
އެ ހާލަތުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ދަށުން ހިންގާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދައާ އެކު އެ މަޝްރޫއޫއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިއުމުގެ ބާރު ސަރުކާރަށް ލިބިގެންދެއެވެ.
އެހެންނަމަވެސް މި އިސްލާހުގައި "އެކަށީގެންވާ މުއްދަތަކީ" ކޮބައި ކަމެއް ނުވަތަ މިގޮތަށް ކުރެވޭނީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ކޮން ތަނެއްގައި، ކޮން މަސައްކަތްތަކެއް ކަމެއް ބާޔަންކޮށްފައެއް ނުވެއެވެ.
މި އިސްލާހުތަކާއެކު ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 54 މެމްބަރުންގެ ތާއީދާ އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު