ކެންސަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނައިން މީހުން މަރުވާ އެއް ސަބަބެވެ. ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި އެންމެ މުހިންމު އެއް ކަމަކީ ދުޅަހެޔޮ ކާނާގެ އާދަތަކެއް ބެހެއްޓުމެވެ. ޚާއްސަކޮށް، ބައެއް މޭވާގައި ހިމެނޭ މާއްދާތަކަކީ ކެންސަރުން ރައްކާތެރިވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ މާއްދާތަކެކެވެ. މިފަހަރު މި ހިމަނާލަނީ ކެންސަރުން ރައްކާތެރިވުމަށް ކާންވީ ބައެއް މޭވާގެ ބާވަތްތަކެވެ.
ބެރީސް އަކީ ކެންސަރު ބަލިން މީހާ ރައްކާތެރިކޮށްދޭ މޭވާގެ ބާވަތެކެވެ. ސްޓްރޯބެރީ، ބްލޫބެރީ، ރެސްބެރީ، އަދި ބްލެކްބެރީ ފަދަ ބެރީޒްއަކީ އެންޓިއޮކްސިޑެންޓްސް ގިނަ މޭވާގެ ބާވަތްތަކެކެވެ. މީގައި ހިމެނޭ އެންތޮސަޔަނިންސް އާއި އެހެނިހެން ފްލެވޮނޮއިޑްސް އަކީ ހަށިގަނޑުގައި ހިނގާ އޮކްސިޑޭޓިވް ސްޓްރެސް ކުޑަކުރުމަށް އެހީތެރިވާ މާއްދާތަކެކެވެ. އޮކްސިޑޭޓިވް ސްޓްރެސްއަކީ ސެލްތަކަށް ގެއްލުންދީ ކެންސަރު އުފެދުމަށް މަގުފަހިކުރާ ކަމެކެވެ.
ހުތް މޭވާގެ ބާވަތްތަތަކީވެސް ކެންސަރު ބަލިން މީހާ ރައްކާތެރިކޮށްދިނުމަށް އެހީވެދޭ ބާވަތްތަކެކެއޮރެންޖް، ލުނބޯ، އަދި ދޮންލުނބޯ ފަދަ ހުތް މޭވާގެ ބާވަތްތަކަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ ބާވަތްތަކެކެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް މުހިންމު އެންޓިއޮކްސިޑެންޓެކެވެ. މީގެ އިތުރުން މުފަދަ ހުތް މޭވާތަކުގައި ލިމޮނޮއިޑްސް ކިޔާ މާއްދާތަކެއް ހުރެއެވެ. މި މާއްދާތަކަކީ ހަށިގަނޑުގައި ކެންސަރު އުފެއްދުމަށް މަގުފަހިކުރާ މާއްދާތައް ނެތިކޮށްލުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.
މީގެ އިތުރުން އާފަލަކީވެސް ކެންސަރު ބަލިން ރައްކާތެރި ކުރުމަށް އެހީވެދޭ މޭވާއެކެވެ. މިއީ ގިނަ އަދަދަކަށް ފައިބަރު ހިމެނޭ މޭވާއެކެވެ. ފައިބަރު ގިނަ ކާނާ ކެއުމަކީ ކެންސަރުން ރައްކާތެރިވުމަށް މުހިންމު ކަމެކެވެ. މީގެ އިތުރުން އާފަލުގައި ކުއާސެޓިން ފަދަ ފްލެވޮނޮއިޑްސް ހިމެނެއެވެ. މި މާއްދާތަކަކީ އެންޓިއޮކްސިޑެންޓްގެ ގޮތުގައި މަސައްކަތްކޮށް، ކެންސަރު ސެލްތައް ބޮޑުވުން ހުއްޓުވުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު