ދުޝްމަނުންނަށް ޖާސޫސްކޮށްދިން 17 މީހެއްގެ މައްޗަށް ޔަމަނުގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފިއެވެ.
މި 17 މީހުންގެ މައްޗަށް އިސްރާއީލު، ސައުދީ އަރަބިއްޔާ، އެމެރިކާގެ އިތުރުން، އިނގިރޭސިވިލާތަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުވެސް ކޮށްފައި ވެއެވެ.
ޔަމަނުގައި ވެރިކަންކުރާ ހޫޘީންގެ މިސައިލް ސައިޓްތަކާއި، އަދި ހޫޘީ ވެރިންގެ ހަރަކާތްތަކުގެ މައުލޫމާތު 2024 އަހަރާއި 2025 ވަނަ އަހަރުގެ ތެރޭގައި މިމީހުން ދުޝްމަނުންނަށް ފޯރުކޮށްދިންކަން ޝަރީއަތަށް ސާބިތުވެފައި ވާކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ދުޝްމަނުން ޔަމަނަށް ވައިގެ ހަމަލާތައް ދީފައިވަނީ މި މީހުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމުގެ ހެކިވެސް ކޯޓަށް ހުށަހަޅާފައި ވެއެވެ.
މިކަން ކުރަމުންދިޔައީ ޔަމަނުގެ ތެރޭގައި ޖާސޫސީ ނެޓްވޯރކްތަކެއް ހަދައިގެން ކަމަށްވެސް، ހޫޘީ ސަރުކާރުން ކޯޓަށް ހުށަހެޅި ހެކިތަކުގައި ބުނެފައި ވެއެވެ. އަދި މި ނެޓްވޯރކްތަކާއި، ބޭރުގެ ޖާސޫސީ އިދާރާތަކާ ގުޅުން އޮންނަ ކަމުގެ ހެކިވެސް ކޯޓަށް ހުށަހަޅާފައި ވެއެވެ.
އެމީހުންގެ މައްޗަށް ކުށް ސާބިތުވެ، ކޯޓުން ވަނީ އާންމު މައިދާނެއްގައި ބަޑިޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހުކުމް ކޮށްފައެވެ.
ޔަމަނުގެ ސްޕެޝަލައިޒްޑް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ދިފާއީ ވަކީލުންވަނީ، ތުހުމަތު ކުރެވުނު މީހުން ކުށަށް އިއުރިތާފް ކުރުވާފައިވަނީ ބަންދުގައި ބައިތިއްބައި ތަޅައި އަނިޔާކޮށްގެން ކަމަށް ބުނެފައެވެ. މީގެ ސަބަބުން މަރުގެ ހުކުމް އިއްވި މީހުންނަށް މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ރިޕޯޓުގައި ވެއެވެ.
މަރުގެ ހުކުމް އިއްވި 17 މީހުންގެ ތެރޭގައި އދގެ ސްޓާފުން ހިމެނޭ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު