ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ ރައީސް ބައްދަލުކުރެއްވުން-
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ ރައީސް ބައްދަލުކުރެއްވުން-
ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ފަލަސްޠީނު ޓީމުގެ ކޭމްޕުގައި ރާއްޖޭގައި ކުރެވުނު ތަޖުރިބާ އޮޅުއްފިލުއްވާފައެވެ.

ފަލަސްޠީނު ޓީމަށް ރާއްޖޭގައި ކޭމްޕް ކުރެވޭނެ މަގު ފަހިކޮށްދެއްވިކަމަށްޓަކައި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ރައީސަށް ޝުކުރުއަދާކުރައްވާފައެވެ.

އެ ޓީމުން ބުނީ ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާޙައުލެއް ނެތުމުގެ ސަބަބުން އެޓީމަށް ރާއްޖޭގައި ކޭމްޕުކުރުމުގެ ފުރުސަތު ދެއްވާ ޓްރޭނިންތައް ހެދުމުގެ ފުރުސަތުތައް ފަހިކޮށްދީ ރާއްޖެއިން ކީ ހޫނު މަރުހަބާއަކީ ހަނދާނުން ފޮހެވޭނެ ކަމެއް ނޫން ކަމަށެވެ.

ޓީމުގެ މެނޭޖަރު މުހަންމަދު ޖުމާ ސުލައިމާން ބުނީ އަމިއްލަ ޤައުމުގެ ދިދަތައް ވިހުރާލާ މަންޒަރު އެއަރޕޯޓާއި ހަމައިން ފެނިގެން ދިއުމަކީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެއް ކަމަށެވެ.

ފަލަސްތީނު ޓީމަށް އެއްކޮށް އެޤައުމުގައި ފަރިތަކުރުންތައް ބޭއްވޭނެ މާހައުލެއް ނެތްއިރު އެކި ޤައުމުތަކުގައި ދިރިއުޅޭ ކުދިން ގޮވައިގެން ރާއްޖެ އައިސް ކޭމްޕް ކުރެވުމަކީ ޓީމަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ހިތްހަމަ ޖެހުމެއް ކަމަށް ޖުމާ ސުލައިމާން ފާހަގަކުރިއެވެ.

ދިވެހިން ފަލަސްޠީނާމެދު ބަހައްޓާ ގާތްކަމާއި ދިން މެހެންމާދާރީގެ ސަބަބުން އަދިވެސް ފުރުސަތެއް ލިބިއްޖެނަމަ ރާއްޖެ އަންނަން ބޭނުންވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފަލަސްތީނު ޓީމުގެ ބައެއް ކުޅުންތެރިން ބުނީ ރާއްޖޭގައި ޓްރޭނިންގ ބޭއްވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އަދި ހުރިހާކަމެއްގެ އިންތިޒާމުތައް ހަމަޖައްސާދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ފަލަސްޠީނު ޓީމު ރާއްޖޭގައި ހޭދަކުރި މުއްދަތުގައި 17 އަހަރުގެ ދަށުގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ ދެ މެޗު ކުޅެފައިވެއެވެ. މި ދެމެޗަށް ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފަލަސްޠީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ސްވެނިއަރ ޓިކެޓްތަކެއް ވިއްކާފައެވެ.



ކިޔުންތެރިންގެ ހިޔާލު