ޕާކިސްތާނުގެ ޤާނޫނު އަސާސީއަށް ކުއްލި އިސްލާހުތަކެއް ގެނެސް، ސުޕްރީމް ކޯޓާއި ޖުޑީޝަރީގެ ބާރު ކުޑަކުރި މައްސަލައިގައި އިހްތިޖާޖު ކުރުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް އިސްތިއުފާ ދީފިއެވެ.
އެގޮތުން އިސްތިއުފާ ދީފައިވާ ފަނޑިޔާރުންނަކީ މަންސޫރު އަލީ ޝާހު އާއި އަތުހަރު މިނަﷲ އެވެ. މި ދެ ފަނޑިޔާރުންގެ އިސްތިއުފާ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ވަނީ ޤަބޫލުކުރައްވާފައެވެ.
އިސްތިއުފާ ދެއްވަމުން މި ދެ ފަނޑިޔާރުން ވިދާޅުވީ ކޯޓުގެ ބާރު ކަނޑުވާލާ ގޮތަށް ޤާނޫނު އަސާސީއަށް ގެނެވުނު 27 ވަނަ އިސްލާހަކީ އެޤައުމުގެ ޤާނޫނު އަސާސީއަށް ދެވުނު އުދުވާނެއް ކަމަށެވެ.
ފަނޑިޔާރު ޝާހުގެ 13 ސަފްޙާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ މި އިސްލާހާއެކު ޖުޑީޝަރީގެ މިނިވަންކަން ގެއްލި، އެޤައުމުގެ ދުސްތޫރީ ޑިމޮކްރަސީ ބަލިކަށިވެގެން ދާނެކަމަށެވެ.
ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާހާއެކު އައު ދުސްތޫރީ ކޯޓެއް ޤާއިމްކުރެވި، އެކޯޓަށް ބޭނުން ފަނޑިޔާރުންތަކެއް އައްޔަން ކުރުމުގެ ފުރުސަތު އެގައުމުގެ ސަރުކާރަށް ލިބިދެއެވެ.

ކިޔުންތެރިންގެ ހިޔާލު