ބީއެމްއެލްގެ ހައުސިންގް ސްބްސިޑަރީ ކުންފުނި މެދުވެރިކޮށް، 3000 ހައުސިންގް ޔުނިޓް އެޅުމަށް ބިން ހައުސިން މިނިސްޓްރީން ބީއެމްއެލްއާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ކޮންސްޓަރްކްޝަން, ހައުސިންގް އެންޑް އިންފްރާސްޓަކްޗާ ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ މުހައްމަދު ޝަރީފް އެވެ.
މި މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ވިލިމާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައެވެ. އޭގެތެރެއިން ވިލިމާލޭގައި 300 ހައުސިންގް ޔުނިޓް އެޅުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ 2700 ހައުސިންގް ޔުނިޓެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހު ވަޒީރުގެ މަޖިލީހުން ނިންމެވި، ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަނަލް ހައުސިންގް އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުންނެވެ.
އެމްއެމްއޭގެ ގަވައިދުތަކާ އެއްގޮތަށް، ބީއެމްއެލުން ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ފައިނޭންސްކޮށް މަޝްރޫއުތައް ހިންގުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ފްރައިވެޓް ލިމިޓެޑްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދަވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު