ތުރުކީގެ ރައީސް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު-
ތުރުކީގެ ރައީސް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު-
ތުރުކީގެ އަސްކަރީ ވައިގެ އުޅަނދެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ދައްނަވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ތުރުކީގެ އަސްކަރީ ވައިގެއުޅަނދު ވެއްޓުނު ހާދިސާއާ ގުޅިގެން އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނާއި އެ ޤައުމުގެ ރައްޔިތުންނަށް އަދި ޚާއްސަކޮށް އެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާކަމަށެވެ.

މި ހާދިސާގައި މަރުވި މީހުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުޢާ ކުރައްވާ ކަމަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ރައީސް ވަނީ ދުއާކުރައްވާފައެވެ.

ޖޯޖިއާ އާއި އަޒަރުބައިޖާން ބޯޑަރު ކައިރިން ވެއްޓުނު ތުރުކީގެ ވައިގެ އުޅަނދުގައި 20 މީހުން ދަތުރުކުރިއެވެ. މި އެންމެންވެސް މި ހާދިސާގައި މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ. މިކަން ތުރުކީގެ ޑިފެންސް މިނިސްޓަރ ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީން ބުނީ ޖޯޖިއާގެ އިދާރާތަކާ ގުޅިގެން މި ހިތާމަވެރި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާރު މަސައްކަތް ކުރަމުން ދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު