މާދަމާއިން ފެށިގެން ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ފައިސާ ދެއްކޭ އަދަދު ބޮޑުކުރަން ނިންމާފައިވާކަމަށް އެބޭންކުން ހާމަކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބުނީ، އެބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭރު ޤައުމުތަކުގައި ޑެބިޓް ކާޑުން ކުރާ ބައެއް މުޢާމަލާތްތަކުގެ ލިމިޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓަރމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. އަދި އެއަރލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑުން ހޮޓަލަށް ފައިސާ ދެއްކުމާއި، ޚަރަދު ކުރާ އަދަދު 3000 ޑޮލަރަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާއަށް މިލިމިޓްގެ ތެރެއިން ހޮސްޕިޓަލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމަށެވެ.
ރާއްޖޭން ބޭރުގައި ޕީއޯއެސްތަކުގައި ކާޑުން ކުރާ މުޢާމަލާތްތަކުގެ ލިމިޓް އިތުރުކޮށްދީފައިވީ ނަމަވެސް، ބޭރު ޤައުމުތަކުގެ އޭޓީއެމްތަކުން ޑޮލަރު ނެގޭ މިންވަރަށް ބަދަލު ނާންނާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. ބޭރު ޤައުމުތަކުގެ އޭޓީއެމްތަކުން މިވަގުތު ނެގެނީ، 125 ޑޮލަރެވެ. މީގެ އިތުރުން ދަރިވަރުންނަށް ދީފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ބީއެމްއެލްގެ ކާޑު ލިމިޓްތަކަށް ބަދަލު ގެނެސްފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހު މ. މުލީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވަނީ ކާޑު ލިމިޓުތަކަށް މި ބަދަލުތައް އަންނާނެ ކަން އިއުލާން ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު