ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ސީދާ ހެޔޮ އަސަރުކުރާނެ ކަންކަމަށް ބަލައިގެން މަޝްރޫޢުތައް އެކުލަވާލާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ތަފާތު 206 މަޝްރޫއެއް ހިންގުމަށް ސޮއި ކުރުން ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދިވެހި އަމިއްލަ ވިޔަފާރިތަކަށް އެތައް ސަތޭކަ ކޮންޓްރެކްޓެއް ހަވާލުކުރުމަކީ ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ، މިއަދު މި ސޮއިކުރެވޭ ކޮންޓްރެކްޓްތައް މެދުވެރިކޮށް ވެސް ސަރުކާރުގެ އަމާޒަކީ ދިވެހި ކުންފުނިތައް މިހާރަށް ވުރެ ބޮޑަށް ބާރުވެރިކޮށް، ޚާއްޞަކޮށް ބޮޑެތި އަދަދުތަކުން ޓެކްސް ދައްކާ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކޮޅަށް ޖަހައި އައު އުސްމިންތަކަކަށް ގެންދިއުން ކަމަށެވެ.
ދިވެހި ވިޔަފާރިތަކަށް ރާއްޖޭގެ ބޭންކިން ފައިނޭންސް މެދުވެރިކޮށް މަޝްރޫޢުތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ މައިގަނޑު މުޤާބިލަކީ ދިވެހި ބޭންކިން ސެކްޓަރަށް ވެސް ދިވެހި ވިޔަފާރިތަކާއި މިހާރަށް ވުރެ ރައްޓެހި ފަހި ދާއިރާއެއް ކަމުގައި ހެދުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ސޮއިކުރެވޭ މަޝްރޫޢުތައް ހިންގަމުންދާއިރު، ސަރުކާރުގެ އެކި މުއައްސަސާތަކުން މަސައްކަތް ނިންމިކަން ވަޒަންކޮށް ކަށަވަރުކުރާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. އެގޮތުން، ކޮންޓްރެކްޓަރ ފައިނޭންސިންގެ އުސޫލުތަކާ އެއްގޮތަށް ބޭންކުން ފައިނޭންސް މެދުވެރިކޮށް މި މަޝްރޫޢުތައް ހިންގާނެ ކަމަށް ޒަމީރު ވިދާޅުވިއެެވެ.
މިނިސްޓަރު ވިދާޅުވީ، މި މަޝްރޫޢުތައް ހިންގުމާއި ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ ކަމަށާއި، ސަރުކާރާ ގުޅިގެން މި މަޝްރޫޢުތައް ހިންގާ ފަރާތްތަކަށް ދިވެހިރާއްޖޭގެ އިޤުތިޞާދާއި ދިވެހި ސަރުކާރަށް އެ ފަރާތްތަކުން ކުރައްވާ އިތުބާރު މުހިންމު ކަމަށެވެ.
ޒަމީރު އިތުރަށް ވިދާޅުވީ، ހަމައެކަނި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، ސަރުކާރުން ހިންގަން ބޭނުންވާ އަދި ދިވެހި ރައްޔިތުން އެދޭ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ފެށޭނެ ކަމަށެވެ. މިއަދު ސޮއިކުރެވޭ ޕްރޮޖެކްޓުތައް ޒިންމާދާރު ވެރިކަމާ އެކީ ތަންފީޛުކުރުމަށްޓަކައި، ސަރުކާރުން ކަނޑައަޅާ ޕާފޯމަންސް މިންގަނޑުތަކާއި މަސައްކަތުގެ ނަތީޖާތަކާ ގުޅިފައިވާ ގޮތަށް ފައިސާ ދިނުމުގެ ސާފު އޮނިގަނޑެއް ގާއިމު ކުރެވޭނެ ކަމަށެވެ. މިއީ ހަލުވިކަމާއި ޖަވާބުދާރީވުން އެއްކޮށްލާ ނިޒާމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ އެންމެ މުހިންމު ކަމަކީ ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެދިނުން ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. ސަރުކާރުން ކޮންމެ މަޝްރޫޢެއް އެކުލަވައިލުމުގައި ވެސް އިސްކަންދީފައި ވަނީ ރައްޔިތުންގެ ދިރިއުޅުމަށް ސީދާ ހެޔޮ އަސަރެއް ކުރާނެ ކަންކަމަށް ބަލައިގެން ކަމަށާއި، ދެވަނަ އަމާޒަކީ މާލީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ގޮތެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު