ކޮންމެ ދައުލަތަކީވެސް، އެއީ ކިތަންމެ ކުޑަ ނުވަތަ ބޮޑު ޤައުމެއް ކަމުގައިވީނަމަވެސް، އެ ޤައުމެއްގެ މުސްތަޤުބަލު އަމިއްލައަށް ބައްޓަންކުރުމުގެ މިނިވަންކަމާއި ޤާބިލުކަން އޮންނަންޖެހޭނެ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނިއުޔޯކުގައި އިއްޔެ ކުރިއަށްދިޔަ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ތަޤުރީރު ކުރައްވަމުންނެވެ.
މީގެ 37 އަހަރު ކުރިން، ކުދި ދައުލަތްތަކަށް ކުރިމަތިވާ ބޭރުގެ ނުފޫޒުތަކާއި ނުރައްކާތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން އދ.ގެ އާންމު މަޖިލީހުގެ ސަމާލުކަމަށް ގެނައި ކަންކަން ނައިބު ރައީސް ހަނދާން އާކޮށްދެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެ އުސޫލަކީ މިއަދުވެސް މުހިންމު އުސޫލެއް ނަމަވެސް، ކުދި ދައުލަތްތަކަށް ކުރިމަތިވާ ނުރައްކާތައް މިހާރު ވަނީ ބަދަލުވެފައެވެ. އެގޮތުން ކަނޑުދަތުރުފަތުރުގެ މަގުތަކާއި، ސަޕްލައި ޗެއިންތަކާއި، މާލީ ބާޒާރުތަކާއި، ޑިޖިޓަލް ނެޓްވޯކްތަކުގެ އިތުރުން އައު ޓެކްނޮލޮޖީގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް މިހާރު އިތުރުވެފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ހިންދުކަނޑަކީ އަމާން އަދި ވިޔަފާރިއަށް ހުޅުވިފައިވާ ސަރަޙައްދެއްގެ ގޮތުގައި އޮންނަންޖެހޭނެ ކަމަށާއި، ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން ކުދި ޤައުމުތަކުގެ ނިންމުންތަކަށް ހުރަސްއެޅިގެން ނުވާނެ ކަމަށް ނައިބު ރައީސް ބާރު އެޅުއްވިއެވެ. ހޯމުޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރަށް ހުރަސްއެޅުމުގެ ސަބަބުން ތެލުގެ އަގަށާއި، ކާބޯތަކެތީގެ ސަޕްލައިއަށާއި، ވައިގެ ދަތުރުފަތުރާއި ރާއްޖޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހޯމުޒް ކަނޑުއޮޅި ބަންދުކުރުމާއި ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް، ބަހްރައިން، ޤަޠަރު، ކުވައިތު، އޮމާން އަދި އުރުދުންއަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވަމުން، އޮމާން، ޕާކިސްތާން އަދި ޤަޠަރުން މަސްލަހަތު ފިނިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ނައިބު ރައީސް ތައުރީފު ކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމަށާއި، އެއީ އެ ޤައުމުތަކުގެ ސިޔާދަތާ ގުޅިފައިވާ ކަމެއްކަން ނައިބު ރައީސް ވިދާޅުވިއެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އެ ޤައުމުތަކުގެ ދައުލަތްވަންތަކަމާއި، ޙައްޤުތަކާއި، ކަނޑުގެ ސަރަޙައްދުގެ މިލްކުވެރިކަމަށް އުނިކަން އައިސްގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަންޓަލްޔާގައި ބޭއްވޭ ކޮޕް31 އަކީ ނަތީޖާ ނެރެދޭ ބައްދަލުވުމަކަށް ވުމަށާއި، މޫސުމީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް މިނުގައި އެހީ ފޯރުކޮށްދިނުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.
2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އުންމީދީ ތަޞައްވުރު ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ މާލީ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ގުޅުންތައް ބިނާވާންވާނީ ޤައުމީ ޤާބިލުކަން އިތުރުކުރުމަށާއި ޤައުމީ ބޭނުންތަކަށް އިސްކަންދޭ ގޮތަށް ކަމަށް ވިދާޅުވެ، މިއީ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ މައިގަނޑު އަސާސްކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަންވާނީ ކުދި ޤައުމުތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމަށާއި، އެއީ އެހެން ބަޔަކަށް ބަރޯސާވާންޖެހޭ ވަސީލަތަކަށް ވެގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އދ.ގެ އިޞްލާޙީ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، "ޔޫއެން80" އިނީޝިއޭޓިވްގެ ކާމިޔާބީ މިނަންވާނީ އޭގެ ސަބަބުން ނެރެދޭ ނަތީޖާއިން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ސަލާމަތީ މަޖިލިސް ފުޅާކުރުމަށާއި، އޭގެ ތެރޭގައި ކުދި ޖަޒީރާ ޤައުމުތަކަށް ދައުރުވާ ގޮނޑިއެއް ހިމެނުމަށާއި، އެފްރިކާއަށް އިންޞާފުވެރި ތަމްސީލުވުން ކަށަވަރުކުރުމުގެ އިތުރުން 'ވީޓޯ' ކުރުމުގެ ބާރު އުވާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ކުދި ޖަޒީރާ ޤައުމުތަކަކީ ނިންމުންތަކަށް ތަބާވާ ބައެއްގެ ބަދަލުގައި، ނިންމުންތައް ނިންމުމުގައި ބައިވެރިވާ ބަޔަކަށް ވުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އދ.ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަޖިލީހުގެ 2027-2029 ގެ ދައުރަށާއި، އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 2028-2030 ގެ ދައުރަށާއި، ސަލާމަތީ މަޖިލީހުގެ 2033-2034 ގެ ދައުރަށް ރާއްޖެއިން ކުރިމަތިލާފައިވާކަން ހާމަކުރެއްވިއެވެ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ދިހަ އަހަރު ވަންދެން ކުރެއްވި ޚިދުމަތަށް ޝުކުރު އަދާކުރައްވައި، ދެން އަންނަ ސެކްރެޓަރީ ޖެނެރަލަކު ހޮވުމުގައި ދެފުށް ފެންނަ، ޤާބިލުކަމަށް ބަލާ އުސޫލެއް ގެންގުޅުމަށް ގޮވާލެއްވިއެވެ. އދ.ގެ 80 އަހަރަށްވުރެ ދިގު ތާރީޚުގައި އެ މަޤާމު އަދާކޮށްފައިވަނީ ހަމައެކަނި ފިރިހެނުންކަން ފާހަގަކުރައްވައި، މިފަހަރު އެ އިދާރާގެ ވެރިއަކަށް އަންހެނަކު އަންނަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަޤުރީރު ނިންމަވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ހަނގުރާމައާއި، ތިމާވެއްޓާއި، މާލީ ކަންކަމާއި، ޓެކްނޮލޮޖީ އަދި އިދާރީ އިޞްލާޙުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ނިންމާ ނިންމުންތަކަކީ ޤައުމުތަކުގެ މިނިވަންކަމާއި، ޤައުމީ ޤާބިލުކަމާއި، ސިޔާދަތު ރައްކާތެރިކޮށްދޭ ނިންމުންތަކެއްތޯ ބަލަންޖެހޭ ކަމަށެވެ. މިއީ ހުރިހާ ޤައުމުތަކަކަށްވެސް ނަތީޖާ ނެރެދޭ އދ. އެއް ވަޒަންކުރެވޭނެ ހަގީގީ މިންގަނޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު