އައްޑޫ ސިޓީގެ ހުޅުދޫއާއި މީދުއަކީ އިދާރީގޮތުން ވަކި ދެ ރަށެއްގެ ގޮތުގައި ކަނޑައަޅައި، ދެ ރަށުގައި ދެ ކައުންސިލެއް އުފެއްދުމުގެ ނިންމުމަކީ ދެ ރަށުގެ ތަރައްޤީގެ ފެށުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު އައްޑޫ ހުޅުދޫއާއި މީދުއަށް ކުރެއްވި ދަތުރުފުޅުގައި، ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް ވިދާޅުވީ، ހުޅުދޫ އަދި މީދޫގެ ރައްޔިތުން ވަރަށް ވެސް ބޮޑު ތަނަވަސް އަގުލިބިއްޔަތަކުން މި ނިންމުމަށް ތާއީދުކޮށްފައިވާ ކަމަށާއި، ގާނޫނުގައި ވެސް އޮތް ގޮތަށް ރައްޔިތުން ނިންމެވި ގޮތަށް މިކަން މިހާރު ވަނީ ޙަޤީޤަތަކަށްވެފައި ކަމަށެވެ.
"އަޅުގަނޑު ދެންނެވި ފަދައިން އަދި ގާނޫނުގައި ވެސް އޮތް ގޮތަށް ރައްޔިތުން ނިންމެވި ގޮތަށް މިހާރު އެ ވަނީ ރަސްމީކޮށް ގެޒެޓްގައި ޝާޢިއު ކުރެވިފައި، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ދެ ރަށް ވަކި ދެ ރަށް ގޮތުގައި ދެ ކައުންސިލެއް އުފެއްދުމުގެ ގަރާރު އެކަން އެ ވަނީ މިހާރު ތަސްދީގު ކުރެވިފައި،" ރައީސް ވިދާޅުވިއެެވެ.
މިކަމަށްޓަކައި މި ދެރަށުގެ ލޮބުވެތި ރައްޔިތުންނަށް މަރުޙަބާވިދާޅުވެ ރައީސް ވިދާޅުވީ، މިއީ އިރާދަކުރެއްވިއްޔާ ތަރައްޤީގެ ފެށުމެއް ކަމަށެވެ. އެމަނިކުފާނު މިކަން ސިފަކުރެއްވީ، މި ދެރަށުގެ ރައްޔިތުން މިދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި އުންމީދުކުރަމުން އައި ނުވެ ގޮސްފައިވާ، އަދި ހާސިލުނުވެވާ ތަރައްޤީ ހާސިލުކޮށްދިނުމުގެ ފެށުން ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު