ދިވެހިރާއްޖޭގެ އިޤްތިސާދީ ހާލަތު މިހާރު ހުރިވަރަށްވުރެ ބޮޑަށް ގޯސްވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ދޯހަޅި" ސިޔާސަތުތަކުގެ ސަބަބުން ކަމަށް، ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފްގެ އަމީންއާންމު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އޭނާގެ ރަސްމީ އެކްސް (ކުރީގެ ޓްވިޓާ) އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހް ވިދާޅުވީ އިޤްތިސާދީ ހާލަތު މިހާރު ހުރިވަރަށްވުރެ ބޮޑަށް ގޯސްވެފައިވަނީ ރައީސް މުއިއްޒުގެ "ދޯހަޅި" ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. ރައީސް މުއިއްޒު "ޑީ ގްރޭޑްގެ ކެބިނެޓެއް" ގޮވައިގެން މިސްރާބުޖަހާފައި ހުރީ އަދިވެސް ގޯސް މިސްރާބަކަށް ކަމަށް މަލީހް ވިދާޅުވިއެވެ.
މަލީހު ވަނީ ޤައުމު އިޤްތިސާދީ ގޮތުން މިހާ ދަތި ވަގުތެއްގައި، ފްލެޓްތަކަށް ނޯޓިސް ފޮނުވުމަކީ ރައީސް މުއިއްޒު ކުރައްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އެފަދަ ކަމަކީ "ކުލުނެއް ނެތް ވެރިއަކު" ކުރާނެ ކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. ރައްޔިތުންނަށް ދިމާވެފައިވާ އިޤްތިސާދީ ބުރަތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ބަދަލުގައި، އިތުރު ބުރަތައް މުއިއްޒުގެ ސަރުކާރުން އަޅުވަމުންދާ ކަމަށް މަލީހު ތުހުމަތުކުރެއްވިއެވެ.
މިފަދަ ތުހުމަތުތަކެއް މަލީހު ރައީސް މުއިއްޒުގެ ސަރުކާރަށް ކުރައްވާފައި މިވަނީ، ރައީސް ޔާމީން މިހާރު އިސްކޮށް ހުންނެވި ޕީއެންއެފްގެ ސިޔާސީ ހަރަކާތްތައް ފުޅާކޮށް، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު